ކޮނޑޭ ސުކޫލްގައި ހަތަރު ކްލާސް ރޫމް އިމާރާތް ކުރަން ހަވާލުކޮށްފި

ކޮނޑޭ ސްކޫލްގައި އަލަށް ހަތަރު ކްލާސްރޫމް އިމާރާތްކުރމުގެ މަސައްކަތް ހަވާލުކުރުން --

ގއ. ކޮނޑޭ ސުކޫލްގައި ހަތަރު ކްލާސް ރޫމް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޮނޑޭ ސުކޫލްގައި ހަތަރު ކްލާސް ރޫމް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވޯލްސީ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަފާފް ސައީދުއެވެ. އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމްއެވެ.

ކޮނޑޭ ސުކޫލްގައި އަލަށް ހަތަރު ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުން --

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާ ހަވާލުކުރި މި ހަތަރު ކްލާސް ރޫމް ހެދުމަށް 4.78 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކްލާސްރޫމް ތަކަކީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް