އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕާއެކު އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފަށައިފިއެވެ.

ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށެވެ. އޭނާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ.

ގުރޫޕުން ބުނާގޮތުގައި ގެއްލުނު އިރު އޭނާ ލައިގެން ހުރީ ފިޔާތޮށި މާޖެހި ދަނބު ހެދުމެކެވެ. އަދި އަޅައިގެން ހުރީ ކަޅު ބުރުގަލެކެވެ.

މިކަމާ ގުޅިގެން ތާބިތް ހައްޖު އެންޑް އުމްރާގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ، ވަހީދާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށެވެ. އެގޮތުން މައްކާ އެމްބަސީއަށް އެކަން އަންގާ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފައި ވާކަމަށް އެ ޖަމާއަތުން ބުނެއެވެ.

މައްކާގައި މިވަގުތު އުޅޭ އެއްވެސް ދިވެއްސަކަށް ވަހީދާ ފެނިއްޖެ ނަމަ، ތާބިތް ހައްޖު އެންޑް އުމްރާގެ ހޮޓްލައިން ނަންބަރުތަކަށް ގުޅާ އެކަން އެންގުމަށް އެ ޖަމާއަތުން އެދެއެވެ.

comment ކޮމެންޓް