ރަމަޟާން ކުރިކެޓް ކާނިވަލް: އެމްޓީސީސީ، ވާމިލިއަން އަދި އެސްޓީއޯއަށް މޮޅެއް

ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު ކުންފުނިތަކުގެ މުބާރާތުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު މެޗްތައް އެމްޓީސީސީ، ވާމިލިއަން އަދި އެސްޓީއޯ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި އެމްޓީސީސީ އާއި ރިޔާން ބައްދަލު ކުރިމެޗް އެމްޓީސީސީ ކާމިޔާބުކުރީ 77 ލަނޑުންނެވެ. ޓޮސް ދިމާވުމުން އެމްޓީސީސީ ކުޅެން އަރައި 8 އޯވަރުގެ ތެރޭ ވަނީ 114 ލަނޑު ހަދާފައެވެ. ޖަވާބުގައި ރަޔާން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 37 ލަނޑެވެ.

ދެވަނަ މެޗްގައި ޓޮސް ދިމާވުމުން ވާރމިލިއަން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ވަނީ 139 ލަނޑު ހަދާފައެވެ. ޖަވާބުގައި މީޑިއާނެތް ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 78 ލަނޑެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު ކުންފުނިތަކުގެ މުބާރާތުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ތިންވަނަ މެޗްގައި އެސްޓީއޯ އާއި ވެމްކޯ ބައްދަލުކުރިމެޗް އެސްޓީއޯ ކާމިޔާބުކުރީ 5 ވިކެޓުންނެވެ. ޓޮސް ދިމާވުމުން ވެމްކޯ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނިބައިވެގެން ވަނީ 110 ލަނޑު ހަދާފައެވެ.

މި މުބާރާތުގައި މާދަމާ ވެސް 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ، އަހިން ސަކާސް އާއި އެމްޓީސީސިއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ރެއިންބޯ އާއި ސީމާސްޓާސްއެވެ. ތިންވަނަ މެޗްގައި ބައްދަލުކުރާނީ ލަންކާ ލަޔަންސް އާއި ރިޔާންގެ ޓީމެވެ.

comment ކޮމެންޓް