ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދާފައިވަނީ، ކަސްޓަމްސް އާއި ދެކޮޅަސް ކުޅުނު މެޗް 31 ލަނޑުން މޮޅުވެގެންނެވެ.
ޓޮސް ދިމާވުމުން ޕޮލިސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. ޕޮލިސް ކްލަބް ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ވަނީ 124 ލަނޑު ހަދާފައެވެ. ޕޮލިހަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 35 ހެދު ކަސުން އާއި، 23 ލަނޑު ހެދި އިސްމާއީލް ނަސީރުގެ އިތުރުން 32 ލަނޑު ހެދި އޮލިއުލް އިސްލާމެވެ.
ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، 3 ކުޅުންތެރިން ނުބައިވެގެން ވަނީ 93 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ޕޮލިސް ކްލަބަށް އެންމެގިނަ ލަނޑު ހަދައިދިނީ 33 ލަނޑު ހެދި މުހަންމަދު އާމިރާއި، 22 ލަނޑު ހެދި ނާއިލް އިސްމާއީލެވެ.
މުބާރާތުގެ ވަނަތަކަށް ބަލާއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިޔަކީ މީރާ ޓީމުގެ ކަމުރުލްއެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެވެ. މިއީ މިފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އެންމެ ފަހު މުބާރާތެވެ.
މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވަރަކަޕޯލާ އާއި ސީމާސްޓާ އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 15:00 ގައެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އެމްޓީސީސީ އާއި ލަންކާލަޔަންސްއެވެ. ތިންވަނަ މެޗްގައި ބައްދަލުކުރާނީ އެލިޔާ އާއި ވާރމިލިއަންއެވެ.