ރަމަޟާން ކްރިކެޓް ކާނިވަލް: ޔޫތު މިނިސްޓްރީ އަތުން ހަނިގޮތަކަށް ޕޮލިސް ޓީމް ސަލާމަތްވެއްޖެ

ރަމަޟާން ކްރިކެޓް ކާނިވަލް މިއަދުގެ ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މުބާރާތުގައި މިއަދު ޕޮލިސްޓީމާއި، ޔޫތް މިނިސްޓްރީ ބައްދަލުކުރި މެޗް ޕޮލިސް ކާމިޔާބުކުރިއިރު، ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އާއި ކަސްޓަމްސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މީރާ އާއި ކަސްޓަމްސް އެވެ. ޓޮސް ދިމާވުމުން ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 113 ލަނޑެވެ.

ޖަވާބުގައި މީރާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައި ޕޮލިސް ޓީމާއި ޔޫތް މިނިސްޓްރީ ބައްދަލުކުރި މެޗް ޕޮލިސް ޓީމް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. ޔޫތް މިނިސްޓްރީ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް މިއަދުގެ ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި ޕޮލިސް ޓީމް ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދާފައެވެ.

މި މުބާރާތުގެ ކުޅުން މާދަމާ ހަވީރު ވެސް ކުރިއަށްދާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި، ރައީސް އޮފީހަށް ނިސްބަތްވާ މުލިއާގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިވެހި ހާރިޖިއްޔާގެ ޓީމާއި ކަސްޓަމްސްގެ ޓީމެވެ.

comment ކޮމެންޓް