މިހާރު ކުރިއަށްދާ ރަމަޟާން ކުރިކެޓް ކާނިވަލްގެ ކުންފުނިތަކުގެ މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗްތައް އަހިން ސަކާސް، އަދި ވާމިލިއަނުން ކާމިޔާބުކޮށްފިއެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗްގައި ފްރެންޑްސް އޮފް މޯލްޑިވްސް އާއި އަހިން ސަކާސް ބައްދަލުކުރިމެޗް އަހިން ސަކާސް ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ. ޓޮސް ދިމާވުމުން ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ.
ޖަވާބުގައި އަހިން ސަކާސް ކުޅެން އަށް އޯވަރުގެ ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 86 ލަނޑު ހަދައި މެޗް ކާމިޔާބުކޮށްފައެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި މިއަދު އެމްޓީސީސީ އާއި ވާމިލިއަން ބައްދަލުކުރިމެޗު ވާމިލިއަނުން ކާމިޔާބުކުރީ 19 ލަނޑުންނެވެ.
ވާމިލިއަން ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 101 ލަނޑު ހަދާފައެވެ. ޖަވާބުގައި އެމްޓީސީސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގެ ދެ މެޗެއް މިއަދުވެސް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ލަންކާ ލަޔަންސް އާއި ވަރަކަޕޯލާއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ސީމާސްޓާ ލައިންސް އާއި ފަތަހަ ސްޓާސްއެވެ.