ރަމަޟާން ކްރިކެޓް ކާނިވަލް: ކުންފުނިތަކުގެ ފައިނަލަށް ފަތަހަ އާއި ވަރަކަޕޯލާ

ކްރިކެޓް ކާނިވަލް މިއަދު ކުޅުނު ސެމީފައިނަލް މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މެދުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ވަރަކަޕޯލާ އާއި ފަތަހަ ސްޓާސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފަތަހަ ސްޓާސް ހޯދާފައިވަނީ ސެމީފައިނަލުގައި މިއަދު ހަވީރު، ވާމިލިއަން އާ ދެކޮޅަށް ކުޅުނުމެޗް ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ޓޮސް ދިމާވުމުން ވާމިލިއަނުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި އެޓީމަށް ހެދުނީ 91 ލަނޑެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 43 ލަނޑު ހެދި އަރުލް ޕަރަގާޝް އާއި 16 ލަނޑު ހެދި ތަރަކަ ސަނދަރުވަން އެވެ.

ޖަވާބުގައި ފަތަހަ ކުޅެން އަރައި ފަސް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 91 ލަނޑު ހަދާފައެވެ. ފަތަހައަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 36 ލަނޑު ހެދި ސައިދުލް އިސްލާމް އާއި 25 ލަނޑު ހެދި މުހަންމަދު ސޮހެލް މިއާއެވެ.

މިއަދު ކުޅުނު ސެމީފައިނަލް ދެވަނަ މެޗްގައި އަހިން ސަކާސް އާއި ވަރަކަޕޯލާ ބައްދަލުކުރިމެޗް ވަރަކަޕޯލާ ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. ޓޮސް ދިމާވުމުން އަހިންސަކާސް ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 102 ލަނޑެވެ. އަހިންސަކާސް އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 19 ލަނޑު ހެދި ތަރަކަ އުވާންއެވެ.

ކްރިކެޓް ކާނިވަލް މިއަދު ކުޅުނު ސެމީފައިނަލް މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި ހަ އޯވަރުގެ ތެރޭ 103 ލަނޑު ހަދައި ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ވަރަކަޕޯލާއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 34 ލަނޑު ހެދި ޗަންދަނާ އާއި 34 ލަނޑު ހެދި މުހަންމަދު ޝިޔާމެވެ

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރެވެ. ފަތަހަ ސްޓާރސް އާއި ވަރަކަޕޯލާ ބައްދަލުކުރާ މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައެވެ. ފައިނަލް މެޗް ކުޅޭނީ ކުޅިވަރު އެކުވެނި އެއްނަންބަރު ދަނޑުގައެވެ.

comment ކޮމެންޓް