ހިލްޓަން އަމިންގިރިން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ފަތުރުވެރިޔާ ހޯދުމުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ --

ހިލްޓަން އަމިންގިރިއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މި ފަތުރުވެރިޔާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި، އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ވެސް އިއްޔެ ހަވީރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިޔާ ހޯދުމުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ --

ފަތުރުވެރިޔާ ހޯދުމަށް މިހާރު ވަނީ އަމިންގިރި ހިމެނޭ ސަހަރައްދުގެ ބޮޑު ބައެއް ބަލައިފައެވެ.

އެންމެ ފަހުގެ ސީސީޓީވީ ފޫޓޭޖްތަކަށް ބަލައި ލަފާކުރެވެނީ އޭނާ ސްނޯކްލިންއަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާ މޫދަށް އެރުންކަން ކަށަވަރުނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަދުން ނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިން ސްނޯކްލް ކުރުމުގެ ތެރެއިން ނުވަތަ ޑައިވް ކުރުމުގެ ތެރެއިން ގެއްލިގެން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް