ޖަޕާނުގެ އަސްކަރީ ދެ މަނަވަރު ރާއްޖެ އަތުވެއްޖެ

ޖަޕާނުގެ އަންކަރީ ދެ މަނަވަރު ރާއްޖެއަށް ޒިޔާރަތްކުރުން -- ފޮޓޯ/ އެމްއެންޑީއެފް

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ތިން ދުވަހުގެ މުއްދަތަށް އެ ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެކެވެ.

"މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑާޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އެމްއެންޑީއެފްއިން ބުންޏެވެ.

މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުޙަބާ ދެންނެވުމުގެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދު އެ މަނަވަރު ތަކަށް ޒިޔާރަތްކުރައްވާ މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް