އީޔޫ އިން 'ހައި ރިސްކް' ގައުމުތަކުގެ ލިސްޓުން ޕާކިސްތާން އުނިކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން "ހައި ރިސްކް ތިންވަނަ ގައުމުތަކުގެ ލިސްޓުން" ޕާކިސްތާން އުނިކޮށްފި -- ފޮޓޯ/ އަލްޖަޒީރާ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން "ހައި ރިސްކް ތިންވަނަ ގައުމުތަކުގެ ލިސްޓުން" ޕާކިސްތާން އުނިކޮށްފި ކަމަށް އެ ގައުމުގެ ކޮމާސް މިިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އީޔޫގެ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓުގައި 2018 ވަނަ އަހަރު ޕާކިސްތާން ހައި ރިސްކް ގައުމުތަކުގެ ލިސްޓުގައި ހިމެނުމުން އެ ގައުމުގެ ވިޔަފާރިތަކަށް އޭގެ އަސަރުކުރިއެވެ. ނަމަވެސް އެ ލިސްޓުން އެ ގައުމު އުނިކުރުމާ ގުޅިގެން އެ ގައުމުގެ ވިޔަފާރީގެ ހަރަކާތްތަކުގެ ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އީޔޫގެ ނިންމުން ފާހަގަކޮށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގައުމުގެ ވިޔަފާރިވެރިންނާ ވަކި ވަކި ފަރުދުންނާ ދެމެދު ވެވޭ ބޭރުގެ އެހެނިހެން ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

EU authorities have removed Pakistan from the List of High Risk Third Countries which have strategic deficiencies in their AML/CFT regime. Pakistani businesses & individuals would no longer be subjected to Enhanced Customer Due Diligence by European legal & economic operators.

— BilawalBhuttoZardari (@BBhuttoZardari) March 29, 2023 ">

މިކަމާ ގުޅިގެން އީޔޫގެ ޕާކިސްތާނުގެ ވަފުދުން ބުނީ އެ ލިސްޓުން ޕާކިސްތާން ވަކިކުރުމަކީ "ރަނގަޅު ފިޔަވަޅެއް" ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ޚަޤާން ނަޖީބު ވިދާޅުވީ އެގައުމުގެ ގާނޫނީ އަދި ރެގިއުލޭޓަރީ ނިޒާމުތަކުގައި ހުރި ބަލިކަށި ކަންތައްތައް ރަނގަޅުކޮށް އެ ގައުމަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ކަންކަމާ ޓެރަރިސްޓް ފައިނޭންސިން ހުއްޓުވޭނެކަމަށެވެ.

އދ އިން ބުނާގޮތުގައި ހައި ރިސްކް ތިންވަނަ ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ ދުނިޔޭގެ މާލީ ނިޒާމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ފަދަ ޖަރީމާތަކާއި، "ޓެރަރިޒަމް" ފައިނޭންސިން ހުއްޓުވުމަށް އެކަށީގެންވާ ހަރުދަނާ ރެގިއުލޭޓަރީ އަދި ގާނޫނީ ނިޒާމެއް ނެތް ގައުމުތަކެވެ.

އެ ލިސްޓަށް ގައުމެއް އިތުރުވުމުން، ވަކިން ހާއްސަކޮށް އެ ގައުމެއްގެ ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވާ ކަމަށް އދ އިން ބުނެއެވެ.

comment ކޮމެންޓް