ހާރު ކެއުމަށް މި އާދަތައް ހުއްޓައިލަމާ!

ބަރަކާތްތެރި ރަމަޟާން މަސް ފެށި ގިނަ ބައެއްްގެ ދިރިއުޅުމުގެ އާދަތަކަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

ހާއްސަކޮށް ހާރު ކެއުމުގެ އާދައަކީ ވަރަށް ބޮޑު ބަދަލެކެވެ. ނަމަވެސް މި އާދައަކީ ގިނަ ފަހަރަށް ހަށިގަނޑަށް އެންމެ ފައިދާ ކުރާ ގޮތަށް ކުރެވޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.

ރޯދަ މަހާ އެކު ދުވަހުގެ ކެއުމުގެ އާދަ އެންމެ ފުރަތަމަ ފެށޭނީ އާންމުކޮށް ހާރު ކެއުމުންނެވެ.

ހާރު ކާއިރު ބަލަންވީ ވީހާ ވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެއުމަށެވެ. ފެށުމުގެ ގޮތުން ކަދުރު ރަނގަޅު ވާނެއެވެ. ކަދުރަކީ ސިއްޙަތަށް ފައިދާ ހުރި އެއްޗަކަށްވާއިރު މިއީ ބަނޑަށް އުނދަގޫ ވުމުން ވެސް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. އަދި ކަދުރާ އެކު ގިނައިން ފެން ބުއިމަށް ވެސް ހަނދާން ކުރަން ވާނެއެވެ.

ރޯދައަށް މުޅި ދުވަހު ހުންނަ އިރު ހަށިގަނޑަށް ފެން ބޭނުންވާނެތީ ރޯދަ ވީއްލުމަށް ފަހު ރޭގަނޑުގެ ގިނަ ވަގުތުގައި ފެން ބުއިމަށް އާދަކުރަން ވާނެއެވެ.

ނަމަވެސް ދިވެހިން އެންމެ ބޮޑަށް ހަނދާން ކުރަން ވީ ހާރު ކެއުމުގެ ބައެއް ނުރަނގަޅު އާދަތައް އެއްކޮށްހެން ނައްތައިލުމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ އެއް ކަމަކީ ހަކުރު މަދު ކުރުމެވެ. ގިނަ ފަހަރަށް ދިވެހިން ރޯދަ ވީއްލުމަށް ބޭނުން ކުރާ އެއްޗެއްސަކީ އެންމެ ސިއްހަތަށް ފައިދާ ހުރި އެއްޗެއްސެއް ނޫނެވެ. އަދި ގިނަ ފަހަރަށް މި ތަކެއްޗަކީ ހާރު ކާން ވެސް ހުންނަ ތަކެއްޗެވެ. ހަކުރު ހިމެނޭ ތަކެއްޗަކީ ނިއުޓްރިއެންޓްސް މަދު އެއްޗެއްސެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހަކަތަ ޖެހޭ މިންވަރު ކުޑަ ވާނެއެވެ.

ދެވަނަ ކަމަކަށް ހަނދާން ކުރަން ވީ ކަމަކީ ކެފީން ހުންނަ ބާވަތްތައް ބޭނުން ނުކުރުމަށެވެ. ހާރު ކާއިރު ކޮފީއާއި ސޯޑާ އަދި ކަޅު ސައި ފަދަ ތަކެތި ބޭނުން ކުރުން މަދު ކުރުން މުހިއްމެވެ. އަދި ހާއްސަކޮށް ކޮފީ އާއި ސޯޑާ އެއް ގޮތަކަށް ވެސް ނުބުއިމަކީ އެދެވިގެންވާ ކަމެކެވެ.

މީގެ ބަދަލުގައި ހާރު ކާއިރު ވީހާ ވެސް ޕްރޮސެސް ނުކުރާ އެއްޗެހި ބޭނުން ކުރުމަށް ލަފާ ދެއެވެ. މިސާލަކަށް ތާޒާ މޭވާއާއި ޖޫސް ނުވަތަ ފަނި އިތުރު ހަކުރެއް ނާޅާ ބޭނުން ކުރުން ރަނގަޅެވެ. އަދި ތަރުކާރީއާއި ޕްރޮސެސް ނުކުރާ މަސް ބޭނުުން ކުރުމަކީ ހާރު ކާ ގަޑީގައި ރަނގަޅު އާދަތަކެވެ.

comment ކޮމެންޓް