އިއްޔެ އިންޑިއާ ކަރާ، މިއަދުން ފެށިގެން ތޮއްޑޫ ކަރާއިން ފުރޭނެ

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުމަތީގައި ހިނގާލުމުން އިއްޔެ ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ރާއްޖެ ކަރަލަށް ވުރެ އިންޑިއާގެ ކަރާ ބާޒާރުމަތީގައި ތިޔާގި ވުމެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ މަޝްހޫރު އއ. ތޮއްޑޫ ކަރާ، ބާޒާރުމަތީގައި ވަރަށް މަދެވެ.

ތޮއްޑޫގެ ކަރަލަކީ ދިވެހީންނާއި ރޯދާ މަހާ ގުޅުވާލަދޭ އެންމެ ބޮޑު އެއް ކަމެވެ. އެހެންވެ، ތޮއްޑޫގެ ކަރާ ބާޒާރުގައި ނެތުމަކީ ބާޒާރަށް ވެސް ލިބޭނެ ފަޅުކަމެކެވެ.

މިކަމާ ގުޅިގެން "ސަން" އިން މާރުކޭޓު ގޮޅި ތަކުގައި ތިބި މީހުންނާ ސުވާލުކުރުމުން ދިނީ އުފާވެރި ޖަވާބެކެވެ. "ތޮއްޑޫ ކަރާ މާދަން އަންނާނެ،" ކަމަށް އެ މީހުން ބުންޏެވެ.

"މާދަމާ ތޮއްޑޫ ކަރާ ލިބޭނެ. މިހާރު ވެސް ވަރަށް ޑިމާންޑު ބޮޑު ތޮއްޑޫ ކަރާގެ،" ބާޒާރުމަތިން ވާހަކަދެއްކި ވިޔަފާރިވެރި އަކު ބުންޏެވެ.

ތޮއްޑޫ ކަރާ ލިބުމުގައި ދަތިކަމެއް އުޅެނީތޯ ސުވާލުކުރުމުން ކޮންމެ ވިޔަފާރިވެރި އަކު ވެސް ފާހަގަކޮށްލީ ޝެޑިއުލާ އެއްގޮތަށް މިއަދު ބޮޑު ޝިޕްމެންޓެއްގެ ކަރާ ލިބޭނެ ކަމެވެ. އެހެންވެ، މިއަދުން ފެށިގެން ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގި ވާނެއެވެ.

އިންޑިއާ ކަރާ ކިލޯއެއް ވިއްކަނީ ކިލޯއެއް 18 އާއި 20 ރުފިޔާގެ މަގުންނެވެ. ތޮއްޑޫ ކަރާ ލިބުމާ އެކު އެ އަގު ކުޑަވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ގަބޫލުކުރެއެވެ.

ރޯދައިގެ ކުރިން އިއްޔެ ބާޒާރު މަތީގެ އަގުތައް ހުރީ ޢާންމުކޮށް ވެސް ހުންނަ އަގުތަކުގައެވެ. އަގު ބޮޑު ކަމަށް ފާހަގަކުރެވުނީ ކެރެޓެވެ. ކުރިން 35 ރުފިޔާއަށް ކިލޯއެއް ލިބޭ ކަރާ ކިލޯއެއް މިހާރު ލިބެނީ 60 އަދި 75 ރުފިޔާއަށެވެ.

comment ކޮމެންޓް