މާލެއިން ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ މިހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ކ. މާލެ / ހ. ކޯލީފްލާވާ، އަޙްމަދު ނާޝިދު (46އ)އެވެ.
އޭނާ ގެއްލިގެން ފުލުހުން އެންމެ ފުރަތަމަ އާއްމުންގެ އެހީތެރިކަމަށް އެދިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނާޝިދު މިހާރު ފެނިފައިވާއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ވީނުވީއެއް ނޭނގި މީހުން ގެއްލިގެން ފުލުހުންނަށް ގިނަ މައްސަލަތަކެއް މިހާރަކަށް އައިސް ރިޕޯޓުކުރެއެވެ. އެގޮތުން ދެ މީހަކު ގެއްލުނު މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މި ފަހުން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވެސް ހާޒިރުކޮށްފައެވެ.