މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ އަހުމަދު ނާޝިދު

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވާ، އަޙްމަދު ނާޝިދު (46އ)އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ނާޝިދު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތުތައް ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ނާޝިދު ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި، މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ.

ވީނުވީއެއް ނޭނގި މީހުން ގެއްލިގެން ފުލުހުންނަށް ގިނަ މައްސަލަތަކެއް މިހާރަކަށް އައިސް ރިޕޯޓުކުރެއެވެ. އެގޮތުން ދެ މީހަކު ގެއްލުނު މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މި ފަހުން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވެސް ހާޒިރުކޮށްފައެވެ.

comment ކޮމެންޓް