އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން، އެންމެ މޮޅު އަންހެން އެތުލިޓަކީ ދީމާ

އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު އަޒްނީން ރަޝާދު -- ފޮޓޯ/ ރައީސް އޮފީސް

ސްޕޯޓްސް އެވޯޑްސް 2023ގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން ރަޝާދު ހޮވުނުއިރު އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ ހޮވިއްޖެއެވެ.

ރޭ މާލޭ ޓްރެކްގައި ބޭއްވި ސްޕޯޓްސް އެވޯޑްސްގައި އަޒްނީން ރަޝާދު އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދައި، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދުމުންނެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ދީމާ ވަނީ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލަކާއި ތިން ލޯ މެޑަލް ހޯދައިފައެވެ.

ދީމާ ރަން މެޑަލް ހޯދީ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. ދީމާ ވަނީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދައިފައެވެ.

އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ދީމާ އަލީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދީމާ ވަނީ ހޯދައިފައެވެ.

ރޭ ސްޕޯޓްސް އެވޯޑްގައި ވަނީ ވަކިވަކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެންމެ މޮޅު އެތުލީޓުން ހޮވައިފައެވެ.

އެގޮތުން:-

  • އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ (އަންހެން) - ނާހިޔާ އަހުމަދު
  • އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ (ފިރިހެން) - މުހައްމަދު ޝުއާއު
  • އެންމެ މޮޅު ޕޫލު ބިލިއާޑް ކުޅުންތެރިޔާ (އަންހެން) - އާމިނަތު ފަތީ
  • އެންމެ މޮޅު ޕޫލު ބިލިއާޑް ކުޅުންތެރިޔާ (ފިރިހެން) - މުހައްމަދު ޝަރީފްް
  • އެންމެ މޮޅު ކެރަމް ކުޅުންތެރިޔާ (އަންހެން) - އާމިނަތު ވިދާދު
  • އެންމެ މޮޅު ކެރަމް ކުޅުންތެރިޔާ (ފިރިހެން) - އިސްމާއިލް އަޒްމީން
  • އެންމެ މޮޅު ބާސްކެޓު ކުޅުންތެރިޔާ (އަންހެން) - އާމިނަތު އިސްރާއު
  • އެންމެ މޮޅު ބާސްކެޓު ކުޅުންތެރުޔާ (ފިރިހެން) - އަބްދުﷲ އަމްޒަރު
  • އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ (އަންހެން) - މަރިޔަމް ޝިނާތު
  • އެންމެ މޮޅު ފެތުންތެރިޔާ (އަންހެން) - އާމިނަތު ސައުސަން
  • އެންމެ މޮޅު ފެތުންތެރިޔާ (ފިރިހެން) - މުހައްމަދު އާން ހުސައިން
  • އެންމެ މޮޅު ރާޅާއެޅުންތެރިޔާ (އަންހެން) - މަރިޔަމް ރާހިލް ނަސީމް
  • އެންމެ މޮޅު ރާޅާއެޅުންތެރިޔާ (ފިރިހެން) - މުހައްމަދު އަގީލް
  • އެންމެ މޮޅު ބޮޑީބޯޑާ (ފިރިހެން) - އަލީ ހުޝްރުވާން
  • އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ (އަންހެން) - އާރާ އާސާލް އާޒިމް
  • އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ (ފިރިހެން) - އަބްދުﷲ ފާއިހް ފަޒީލް
  • އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ (އަންހެން) - ފާތިމަތު ދީމާ އަލީ
  • އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ (ފިރިހެން) - މޫސާ މުސައްނިފް
  • އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ (އަންހެން) - ފާތިމަތު ނަބާހާ
  • އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ (ފިރިހެން) - ނިބާލް އަހުމަދު
  • އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ (ފިރިހެން) - އަދަމް ނާސިފް
  • އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ (އަންހެން) - އައިޝަތު މާޖިދާ
  • އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ (ފިރިހެން) - އަލީ ހުޒާމް
  • އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ (އަންހެން) - ޒުލައިހާ އިބްރާހިމް
  • އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ (ފިރިހެން) މުހައްމަދު ފިރިނަސް
comment ކޮމެންޓް