18 އަހަރު ނުވާ ކުއްޖަކު ދުއްވި ސައިކަލެއް ބަހުގައި ޖެހި އެކްސިޑެންޓް ވެއްޖެ

ސިނަމާލެ ބްރިޖުން އެމްޓީސީސީގެ ބަހެއް ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެމްޓީސީސީ ބަހުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިރޭ 06:31 ހާއިރު ފުލުހުންގެ ކާރެއްގެ ފަހަތުން އައި ސައިކަލެއް ކާރުގައި ޖެހި އެކްސިޑެންޓުވުމުން މަޑުކުރަން ބުނިކަމަށެވެ. ނަމަވެސް، އެ ސައިކަލު މަޑުނުކޮށް ދަނިކޮށް ސިނަމާލެ ބްރިޖު މަތިން ބަހުގަ އާއި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވި ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ނަމަވެސް ބަހަށާއި ކާރަށް އަދި ސައިކަލަށް އެކި ވަރުގެ ގެއްލުންޔައް ލިބިފައިވެއެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިނީ، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއްކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް