ބަންދުގައި ހުރި މީހަކު ފިލުވަން އުޅުނު ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް

ޝަހީދު ހުސައިން އާދަމް ބިލްޑިން: ބަންދުގައި ހުރި މީހަކު ފިލުވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދު ވަނީ އިތުރުކޮށްފައި -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

ފުލުހުންގެ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހަކު ފިލުވަން އެހީވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13ވަނަ ދުވަހު ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 14ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެކަމަކު ކޯޓު އަމުރުގައި އޭރު މާ ބޮޑު ތަފުސީލެއް ނެތެވެ.

އެކަމަކު އިއްޔެ އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް ނެރުނު ކޯޓު އަމުރުގައިވަނީ، ދެ މީހުންވެސް ވަނީ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައެއްގައި ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.

ދެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާއަކީ ބަންދު ރެކޯޑު އޮތް މީހެއް ކަމަށް، ކޯޓު އަމުރުގައިވެއެވެ.

ފުލުހުންގެ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދެއް ދީފައިވާއިރު، ފަހުން ވަނީ އެ މުއްދަތު އިތުރު 15 ދުވަހަށް ދަންމާލާފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި، މީގެ ތެރެއިން 22 އަހަރުގެ މީހާއަކީ ކުރިންވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ. މިއީ މުޖުތަމަޢުގެ ސަލާމަތާއި ގުޅުންހުރި މައްސަލައެއްކަމުން، ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން އިތުރަށް ބަލަމުންނެވެ.

  • ބަންދުގައި ހުރި މީހަކު ފިލުވަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރުން.
  • ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން.
  • ފުރަތަމަ ދިން 10 ދުވަހުގެ ބަންދަށްފަހު، އިތުރު 15 ދުވަހަށް ބަންދުގެ މުއްދަތު ދެމެހެއްޓުން.
  • ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާއަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއްކަން ކަށަވަރުވުން.
comment ކޮމެންޓް