ރައްޔިތުންގެ ކުންފުނީގެ ކުޅަދާނަ މާލިމީ އާދަމް އާޒިމްގެ އިރުޝާދު: އެމްޓީސީސީއަށް ވާނެ، އެމްޓީސީސީއިން ކުރާނެ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޗީފް ގެސްޓުގެ ހައިސިއްޔަތުން ހއ. ތުރާކުނު ސްކޫލްގެ އިނާމް ދިނުމުގެ ހަފާލާގައި -- ފޮޓޯ/އެމްޓީސީސީ

"ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު ނިމުމާއެކު ރަށު ރައްޔިތުން ތިބީ އުފަލުން ފޮޅިފައި.." ގޭގެ ސިޓިންގ ރޫމްގައި ހުރި ޓީވީއިން ގެނައި ޕްރޮގްރާމެއްގެ ތެރެއިން، އަޑުއިވެމުން ދިޔައެވެ.

އެއިރު ޓީވީއިން އިހަކަށް ދުވަހު އެމްޓީސީސީން ނިންމާލި މަޝްރޫޢަކާ ބެހޭ ރިޕޯޓެއް ގެނެސްދެމުން ދަނީއެވެ. އަޅުގަނޑު ހުރީ އޮފީހަށް ދާން ތައްޔާރުވާށެވެ. ގަޑިޖެހެން ހުރީ 10 ވަރަކަށް މިނިޓެވެ. ސައިކަލުން ޕެޓްރޯލް ހުރީ ހުސްވެފައެވެ. އެހެންވިޔަސް މައްސަލައެއް ނެތެވެ. އާރް.ޓީ.އެލް. ބަހުގައި ގަޑި ނުޖެހި އޮފީހަށް ދެވޭނެއެވެ.

ބަހަށް އެރުމަށްފަހު ގޮނޑީގައި ހަމަޖެހިލީމެވެ. އިރުކޮޅެއްގެ ތެރޭ ފުރޮޅުލީ ގޮނޑިއެއްގައި އިން ޙާއްސަ އެހީއަށް ބޭނުންވާ މީހަކު ބަހަށް އަރަން މަސައްކަތް ކުރާތީ ފެނުނެވެ. އެމީހާއަށް އެހީތެރިވާން ތިބީ "ޓީމް އެމްޓީސީސީ" ޔުނިފޯރމްގައި ތިބި ކުންފުނީގެ މުވައްޒަފުންނެވެ. އެ މުވައްޒަފުންގެ ފަރާތުން ފެންނަނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.

އެ ވަގުތު ހިތައް އެރިއެވެ. "ފަސް ތަރީގެ ހޮޓަލަކަށް ދިޔަސް ޚިދުމަތް ލިބޭނީ ހަމަ މި ފެންވަރަށެވެ." އެހާ ހިސާބުން އަޅުގަނޑުގެ ހަނދާނުގެ ފީތާއަށް އެރީ މީގެ ދުވަސްކޮޅެއް ކުރިން އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެކެވެ.

އެ ޕްރޮގްރާމްގައި އާޒިމް ކުންފުނީގެ ތަޞައްވުރާއި ހިނގަމުންދާ މަޝްރޫޢުތަކާއި ކުރިއަށް ރާވާފައި ހުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެ ޕްރޮގްރާމަށް އާޒިމް މަޢުލޫމާތުދެއްވަމުން ވިދާޅުވީ "އެމްޓީސީސީއިން މިހާރުވެސް 78 ޕްރޮޖެކްޓު އުތުރާއި ދެކުނުގެ އެކިއެކި ރަށްތަކުގައި ހިންގަމުން ދާކަމަށާއި، ހަވާލުވިފަހުން އެކުންފުނިން އެވަރެޖުކޮށް ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާނެ ކަމަށާއި، ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން މަސައްކަތް ނިންމައި ސަރުކާރާއި ހަވާލުކޮށްފައިވާނެ ކަމަށެވެ." މި ވާހަކަ ހަނދާންވުމުން އަޅުގަނޑުގެ ހިތުން "ސާބަހޭ" ބުނެވުނެވެ.

ގެއިން ނުކުމެގެން އޮފީހާއި ހަމައަށް ކުރި މި ދަތުރުގައި ތިޔަ ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދިނީ ރައްޔިތުންގެ ކުންފުނި އެމްޓީސީސީގެ ޓްރެއިލާއެކެވެ. މި ކުރު ޓްރެއިލާގެ ބަޠަލަކީ އާދަމް އާޒިމެވެ. އާދެ! އެއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ދުވަހު އެމްޓީސީސީގެ ހުންގާނާއި ހަވާލުވެވަޑައިގެންނެވި މާލިމީއެވެ. އެމީހަކާއި ދޭތެރޭ މުޅި ޓީމް އެމްޓީސީސީ މިއަދު ފަހުރުވެރިވާ ކުޅަދާނަ ސީއީއޯއެވެ.

ސީއީއޯ އާދަމް އާޒިމް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއެއް ހިނގަމުންދާގޮތް ބެއްލެވުމަށް ސައިޓުގައި -- (ފޮޓޯ/އެމްޓީސީސީ)

އާދަމް އާޒިމް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ކޮވިޑްގެ ނުރައްކާތެރި ޢާލަމީ ވަބާއާއި ކުރިމަތިލާން ޖެހި، އިޤްތިޞާދީގޮތުން ދަތި އުނދަގޫ ދުވަސްތަކެއް ކަނޑައްތުކުރަން ޖެހުނެވެ. ނަމަވެސް، އެމްޓީސީސީގެ އޮޑި ދަތުރުކުރަމުން ދިޔައީ ބާރަށް ކުރިއަށެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހުމެއް ނެތި ބާރު ދުވެލީގައެވެ.

އެކަން ވޭތުވެދިޔަ އަހަރު ތަކުގެ މާލީ ނަތީޖާތަކަށް ބަލާލުމުން އެނގެއެވެ. ކުންފުނީގެ 2021 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު 21 ޕަސެންޓު އިތުރު ޢަދަދެކެވެ.

2021 ވަނަ އަހަރުގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، 2020 ވަނަ އަހަރުގައި ވިޔަފާރި ކޮށްގެން 1.38 ބިލިއަން ރުފިޔާ ކުންފުންޏަށް ލިބުނުއިރު، 2021 ވަނަ އަހަރު ޖުމްލަ 1.97 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެވެ. އަދި، މި ދެންނެވި އަދަދުން ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ 2020 ވަނަ އަހަރު ލިބުނުއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ވަނީ ރިކޯޑް ކުރެވިފައެވެ.

މިގޮތުން، 2021 ވަނަ އަހަރަކީ ކުންފުނީގެ 42 އަހަރުގެ ދިގު މާޒީގައި ރެކޯޑްކުރެވިފައިވާ އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކުރެވުނު އަހަރުކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކުންފުނީގެ މާލީ ނަތީޖާގެ އިތުރުން ދެން ކުންފުންޏެއްގެ ޤާބިލުކަން ވަޒަންކުރާ އެންމެ މުހިއްމު މިންގަނޑަކީ އެ ކުންފުޏަކުން ހިންގާ މަޝްރޫޢުތަކެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީ ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި ޢުމްރާނީ ތަރައްޤީއާއި ދަތުރުފަތުރުގެ ދާއިރާއެވެ.

ޢުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ޞިނާޢަތުގެ ތެރެއިން ބަނދަރު ހެދުން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ގޮނޑުދޮށް ހެދުން އަދި ޝީޓް ޕައިލްކުރުމުގެ މަސައްކަތުގައި ހުނަރުވެރި ޤާބިލް ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ވަނީ އެންމެހާ ކަސްޓަމަރުންނާއި ރައްޔިތުންގެ މަޤްބޫލުކަން ހޯދާފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިތުރު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހޯދާ، އެ ދާއިރާތަކުގައި އެމްޓީސީސީގެ ފަންވަރާއި، ފެންވަރު ވަނީ މަސައްކަތުން ދައްކާފައެވެ.

މީގެ ތެރޭގައި އެއާޕޯޓާއި، މަގުހެދުމާއި، ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތަކާއި އިމާރާތްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ޒަޢާމަތުގައި އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްގެ ނެވިކަމުގެ ދަށުން، 134 މަޝްރޫޢެއްގެ މަސައްކަތް ކާމިޔާބު ކަމާއެކު ވަނީ ނިންމާލެވިފައެވެ. އަދި 2021 ވަނަ އަހަރަކީ އެމްޓީސީސީގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫއު ފުރިހަމަ ކޮށްދިން އަހަރެވެ. "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިންމާ ކްލައިންޓާއި ރަސްމީކޮށް ހަވާލުކުރެވުނު ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 25 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ އަގަކީ 26.29 މިލިއަން ޑޮލަރެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 78 އަށްވުރެ ގިނަ މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. ހަމަގައިމު ވެސް އެމްޓީސީސީގެ މަޝްރޫޢެއް ކުރިއަށްނުދާ އެންމެ އަތޮޅެއް ވެސް މި ވަގުތު ރާއްޖޭގައި ނެތޭ ދެންނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި މި ވަގުތު އެކި މަރުހަލާގައި 78 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

އެމްޓީސީސީއިން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތަފާސްހިސާބު (12 ޖެނުއަރީ 2023 ނިޔަލަށް)

ދަތުރުފަތުރަށް ބޮޑު އިންޤިލާބެއް ގެނުވި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ވަނީ ބޮޑު ތިލަދުންމަތީ ރައްޔިތުން ހުވަފެނުގައި ވެސް ނުދެކޭވަރުގެ ފެރީ ވިޢުޤައެއް ޤާއިމްކޮށްފައެވެ. އާރްޓީއެލް ފެރީގެ ސަބަބުން ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް ވަނީ ދަތުރުފަތުރުގެ އަގު އަތްފޯރާފަށަށް ތިރިކޮށް ބޭސްފަރުވާއާއި އެކިއެކި ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދީފައެވެ.

ހަމަ އެހެންމެ މި މަޝްރޫޢުގެ ސަބަބުން އެތަކެއް ވަޒީފާތަކެއް ވެސް ވަނީ އުފައްދައިދީފައެވެ. އާރްޓީއެލް ބަހުގެ ޚިދުމަތުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންގެ ޖީބަށްވެސް ވަނީ ލުއިވެފައެވެ. އަދި ދަތުރުފަތުރުކުރުން އެތައް ގުނައަކުން ފަސޭހަވެފައެވެ.

މިހާރު މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވެސް ހެޔޮއަގެއްގައި ފަސޭހައިން ދެވެއެވެ. މީގެ އިތުރުން ވިލިނގިލީގައި އީ.ވީ ބަހުގެ ޚިދުމަތް 24 ގަޑިއިރު ދޭގޮތަށް ފަށައި ވިލިމާލޭގެ ރައްޔިތުން ވެސް މިވަނީ ހެއްވާލައިފައެވެ. ހުއްޓިފައި އޮތް އަތޮޅުތެރޭ ބަސް ދަތުރުތައް އަލުން ފައްޓައި، މުޅިން އައު ބަސްތައް ޙިދުމަތަށް ނެރެ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން/ފޮނަދޫ އަދި ލ. އިސްދޫ/ކަލައިދޫ ރައްޔިތުންނަށް ވެސް މިވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މިއީ ހަމަގައިމު ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޓީސީސީއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ. ދިވެހި ސަރުކާރުގެ މި ބިޔަބޮޑު މަޝްރޫއު ކާމިޔާބު ކަމާއިއެކު ތަންފީޒުކޮށްދެއްވި މޭސްތިރިއަކީ ހަމަ ކުޅަދާނަ ސީއީއޯ އާދަމް އާޒިމްއެވެ.

ކޮންމެ މަޝްރޫޢެއް ވެސް، އަދި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ، ރައްޔިތުންނާއި ގާތުން ދޭ ކޮންމެ ޚިދުމަތެއް ވެސް، އެމްޓީސީސީއަށް ކާމިޔާބު ކަމާއެކު ނިންމާލެވެނީ ނުވަތަ ފޯރުކޮށްދެވެނީ، އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އެކަން، ސީއީއޯ އާދަމް އާޒިމް ފާހަގަކުރައްވަނީ ޝުކުރުވެރިކަމާއި ފަޚުރުވެރިކަމާއެކުއެވެ.

އާޒިމްގެ ފަހަތުގައި ރުކުރުވާލާފައި އޮތް ޓީމަށް ތަޢުރީފްގެ ބަސްތަކުން ވެދުން ނުކުރާ އެންމެ އިންޓަރވިއުއެއް ވެސް މިހާތާކަށް އަޅުގަނޑު އަޑެއް ނާހަމެވެ. ހަމައެހެންމެ، މުވައްޒަފުން ތަމްރީން ކުރުމަށާއި ޤާބިލު މުވައްޒަފުންތަކެއް ބިނާކޮށް ވަޒީފާތަކަށް ނެރުމަށްވެސް އާދަމް އާޒިމް ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިގޮތުން، ވޭތުވެދިޔަ 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވުނު މުވައްޒަފުންގެ ޢަދަދު އަހަރަކަށްވުރެ އަހަރެއް ވަނީ އިތުރުވެގެން ގޮސްފައެވެ. 2020 ވަނަ އަހަރު 212، 2021 ވަނަ އަހަރު 948، އަދި 2022 ވަނަ އަހަރު 1819 މުވައްޒަފުންނަށް އެކިއެކި ދާއިރާތަކުން ތަމްރީންގެ ފުރުޞަތުތައް ވަނީ ފަހިކޮށްދެވިފައެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް އާއި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ އެކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޯރަފުށި މަގު ހެދުމުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ހަފްލާގައި -- (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އާދަމް އާޒިމްގެ ވަރަށް ޙާއްސަ ސިފައެއް ތިބޭފުޅުންނަށް މި ހިސާބުން އަޅުގަނޑު ތިލަކޮށްލާނަމެވެ. އެއީ އަންހެނުން ބާރުވެރިކުރުމަށް އެ ބޭފުޅާ ދެއްވާ އަޙައްމިޔަތެވެ.

ޢިމާރާތް ކުރުމާއި ދަތުރުފަތުރާއި ގުޅޭ ދާއިރާއެއްގެ ސީއީއޯއެއްގެ ކިބައިން މިސިފަ ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ގިނަ މީހުންނަކީ އަންހެނުންނަށް މި ދާއިރާގައި ހިފަހައްޓާ ނުލެވޭނެކަމަށް ޤަބޫލުކުރާ މީހުންނެވެ. ނަމަވެސް އާދަމް އާޒިމްގެ ރަޢުޔު ތަފާތެވެ. އާޒިމް ޤަބޫލުކުރައްވާ ގޮތުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުމަކީ މުހިންމުކަމެކެވެ. އަދި، ފިރިހެނުންނެކޭ އެއްހަމައެއްގައި އަންހެނުންނަށްވެސް ފައިހަމަކޮށްލެވޭނެ ފުރުޞަތުތައް މި ދާއިރާގައި އެބައޮތެވެ. އެގޮތުން، 2022 ވަނަ އަހަރަކީ ސީއީއޯ އާދަމް އާޒިމްއަށް ފަޚުރުވެރި ކާމިޔާބީއެއް އެ ރޮނގުން ހާޞިލްކުރެވުނު އަހަރެކެވެ.

އެމްޓީސީސީގެ ސެކިޔުރިޓީ އޮފިސަރުންގެ ގޮތުގައި ވަޒީފާ އަދާކުރަމަށް ވެސް ނެގިފައިވަނީ މުޅިން ވެސް ދިވެހި މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން 4 އަންހެން ކަނބަލުން ސެކިޔުރިޓީ އޮފިސަރުންގެ ގޮތުގައި މި ވަގުތު ވެސް ވަޒީފާ ފުރުއްވުމުން ގެންދާކަމީ އެ ކުންފުނީގެ ނަޒަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްޓީސީސީގެ މެނޭޖްމްންޓުން ދެކެއެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ޓްރޭނިންގް ފުރިހަމަ ކުރައްވާ ޚިދުމަތާއި ގުޅިވަޑައިގަތީ ވެސް 2022 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ވޭތުވެދިޔަ 3 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ފިރިހެނުން އިސްސަފުގައި ޢާންމުވެފައިވާ ވަޒީފާތަކެއްގެ ގޮތުގައި ބެލެވިފައިވާ ވަޒީފާތަކަށް އަންހެނުން އައްޔަން ކުރެވުނު ޢަދަދު ވަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފައެވެ.

މިގޮތުން، 2020 ވަނަ އަހަރު 49، 2021 ވަނަ އަހަރު 65، އަދި 2022 ވަނަ އަހަރު 139 އަންހެނުން ވަނީ މިފަދަ ވަޒީފާތަކަށް ނެގިފައެވެ. އަދި އެމްޓީސީސީގެ ހިންގުމުގެ ދާއިރާގެ އެކި ފަންތި ތަކުގައި 43 ކަނބަލަކު މިވަގުތު މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯއެއްގެ ހައިސިއްޔަތުން އަންހެނުން ބާރުވެރިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، "ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް" އިން ވަނީ މިއަހަރު ބޭއްވުނު "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެންސް އެވޯރޑް" ރަސްމިއްޔާތުގައި "މޭލް ޗެމްޕިއަން" އެވޯޑު އަރުވާފައެވެ.

އެމްޓީސީސީ ސީއީއޯ އާދަމް އާޒިމްއަށް މޭލް ޗެމްޕިއަން އެވޯޑް ވީ.އައި.އެމް އިން ހަވާލުކުރުން -- (ފޮޓޯ/އެމްޓީސީސީ)

އާދެ! އާދަމް އާޒިމަކީ ހަމަ ހަޤީގަތުގައިވެސް ޗެމްޕިއަނެކެވެ. އާޒިމް ވަނީ ކުންފުނީގެ މާޒީގައި ވެސް ނުދެކޭފަދަ އިންޤިލާބީ ބަދަލުތަކެއް ކުންފުންޏަށް ގެނެސްދެއްވާފައެވެ. ކުންފުނީގެ މަސައްކަތް ހަރުދަނާކުރެވި، ކުންފުނީގެ އިސްރާފު ވަނީ ކުޑަކުރެވިފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ މަސައްކަތު މާޙައުލުގެ ރައްކާތެރިކަން ވަނީ އިތުރުކުރެވިފައެވެ. ޙިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު ވަނީ މަތިކުރެވިފައެވެ. އަދި ޙަރަދުތަކާއި ފައިސާ މެނޭޖްކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ.

މި ފުރުޞަތުގައި، އާދަމް އާޒިމް އެމްޓީސީސީގެ މާލިމީކަމުގައި ކާމިޔާބު 3 އަހަރު ކަނޑައްތު ކުރައްވާފައިވާތީ، އާޒިމްއާއި ޓީމަށް ތަޙުނިޔާއާއި މުބާރަކުބާދީ ދަންނަވަމެވެ. އާޒިމްގެ މާލިމީކަމުގައި އެމްޓީސީސީ އިތުރު ހަރުފަތްތަކެއް ގިރާކުރާތަން ފެނިގެން ދިއުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އުއްމީދަކަށް ވާނޭ ކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ އޮޑިއެވެ. އާދަމް އާޒިމްގެ މާލިމީކަމުގައި، ރައްޔިތުންގެ އޮޑީގައި ޓީމް އެމްޓީސީސީ މެކުހަށް ޖަހަމުންދަނީ ނުގުޑާފަދަ އަޒުމެއްގައި ބާރަށް ކުރިއަށެވެ.

އާރްޓީއެލް ބޮޑުތިލަދުންމަތި ގުޅާލުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަރިހުގައި ސީއީއޯ އާދަމް އާޒިމް -- (ފޮޓޯ/ރައީސް އޮފީސް)

ސީއީއޯ އާޒިމް ކުންފުންޏާއި ހަވާލުވިއިރު އެމްޓީސީސީގައި ހުރީ އެއްފަހަރާ 20 ޢުމްރާނީ ތަރައްޤީގެ މަޝްރޫއު ހިންގުމުގެ ޤާބިލުކަމެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިހުގެ ޒަޢާމަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެ މަނިކުފާނު ގެންގުޅުއްވި އިސްތިރާޖީ ދުރުވިސްނުމުގެ ތެރެއިން، މި ކުންފުންޏަށް އިތުބާރުކޮށް ހަވާލުކުރެއްވި ޢުމްރާނީ ތަރައްޤީގެ މަޝްރޫތަކާއިއެކު ކުންފުނީގެ ޤާބިލުކަން އިތުރުކުރުމަށް އާޒިމް ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިކުންފުންޏަކީ އެއް ފަހާރާ 78 ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު މިވަގުތު ހިންގުމުންދާ ކުންފުންޏެކެވެ.

މީގެ ކުރިން 1500 މުވައްޒަފުން ތިބި ކުންފުނި މިއަދު މިވަނީ އިތުރު 2,700 ވަޒީފާގެ ފުރުޞަތު އުފައްދާ 4,200 މުވައްޒަފުން އެކުލެވޭ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. 2019 ވަނަ އަހަރު 2.20 ބިލިއަން ރުފިޔާގައި ހުރި ކުންފުނީގެ ޖުމުލަ ހަރުމުދާ 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ 4.33 ބިލިއަން ރުފިޔާއަށް އިތުރުކުރެވިފައެވެ. ތަފާސްހިސާބަށް ޖެހިލާނާމަ ވޭތުވެ ދިޔަ 4 އަހަރުތެރޭ (12 ޖެނުއަރީ 2023 ގެ ނިޔަލަށް) އެމްޓީސީސީއިން ވާނީ ޖުމުލަ 134 މަޝްރޫޢުގެ (ޖުމުލަ 4.71 ބިލިއަން ރުފިޔާ) މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިހުގެ ދުރުވިސްނޭ ސިޔާސަތު ތަންފީޒުކޮށްދެއްވާ އެމްޓީސީސީއަށް ހޯދައިދީފައިމިވާ ކާމިޔާބީއަށްޓަކައި ހަމަ އަސްލުގައިވެސް އާޒިމަށް ޝުކުރު ހައްޤެވެ. އާޒިމްވަނީ އެމްޓީސީސީއާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ތަޞައްވަރު މުޅިން ބަދަލުކޮށްލާފައެވެ. އަދި، މިއަދު ހުރިހާ އެންމެންވެސް ޤަބޫލުކުރާ އެންމެ ބޮޑު އެއް ހަޤީގަތަކީ އެމްޓީސީސީއަށް ކަމެއް ހަވާލުކޮށްފިނަމަ އެ ކަމެއް ވާނެކަމެވެ! އަދި ހޭވައްޓާލަފައި ކުރާނެކަމެވެ!

comment ކޮމެންޓް