މި އަހަރު ވެސް ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

ސައުދީ ސަރުކާރުން މިދިޔަ އަހަރު ރާއްޖެއަށް ކަދުރު ހަދިޔާ ކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސައުދީން މިދިޔަ އަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާޢީލް އަފްރާހް "ސަން"އަށް ވިދާޅުވީ ސައުދީން ހަދިޔާ ކުރާ ކަދުރު ޝިޕްމެންޓް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ.

އަފްރާހް ވިދާޅުވީ ކަދުރު ލިބުނުހާ އަވަހަކަށް ކަދުރު ބެހުމުގެ މަސައްކަތް މިސްޓްރީގެ ފަރާތުން ފަށާނެ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ.

ފަގީރުންނަށް ބެހުމަށް ފަހު ބާކީ ކަދުރުތައް ބަހާނީ އާންމު ގޭބިސީތަކަށެވެ.

comment ކޮމެންޓް