ރައީސް ޞާލިޙް މާދަމާ ހިރިލަންދުއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ތ. ހިރިލަންދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ހިރިލަންދުއަށް ވަޑައިގަންނަވަނީ އެރަށު ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.

ރައީސް ހިރިލަންދޫއަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެކުރިންވެސް 2021 ވަނަ އަހަރު ރައީސް ވަނީ އެރަށަށް ވަޑައިގެންފައެވެ.

ހިރިލަންދުއަކީ އާބާދީގައި ގާތްގަނޑަކަށް 1،200 މީހުން ދިރިއުޅޭ ރަށެކެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ މާދަމާ ރެއެވެ.

comment ކޮމެންޓް