އެމްއެމްޕީއާރްސީއިން އައިއެމްއެމް އޮސްޓްރޭލިއާގައި ބައިވެރިވެއްޖެ

އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް އޮސްޓްރޭލިއާ) ގައި އެމްއެމްޕީއާރްސީ އިން ބައިވެރިވުން --- ފޮޓޯ/ އެމްއެމްޕީއާރްސީ

އޮސްޓްރޭލިއާގެ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރްސީއިން އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް އޮސްޓްރޭލިއާ) 2023 ގައި ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރްސީއިން ބުނީ އެ މާކެޓުގައި ރާއްޖެއިން ބައިވެރިވުމުގެ މަގުސަދަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމާއި، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި ދަތުރުފަތުރުގެ ގައިޑްލައިންތަކާއެކު އޮސްޓްރޭލިއާގެ މީޑިއާތަކަށް މައުލޫމާތު ދިނުން ކަމަށެވެ.

އެގޮތުން އެ މާކެޓުގައި ހިންގި އެކި ސަމިޓުތަކުގައި އެ ކުންފުނިން ވަނީ ބައިވެރިވެ، "ވިޒިޓް މޯލްޑިވްސް" އިޝްތިހާރުކޮށްފައެވެ.

މިގޮތުން، މި ފެެއާގެ ފުރަތަމަ ދުވަހު އެމްއެމްޕީއާރްސީއިން ވަނީ ޓްރެވްމީޑިއާ ސަމިޓްގައި ބައިވެރިވެފައެވެ. ޓްރެވްމީޑިއާ ސަމިޓަކީ އައިއެމްއެމް އޮސްޓްރޭލިއާގެ ތެރޭގައި ބޭއްވި ހާއްސަ ކޮންފެރެންސްއެކެވެ.

އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް އޮސްޓްރޭލިއާ) ގައި އެމްއެމްޕީއާރްސީ އިން ބައިވެރިވުން --- ފޮޓޯ/ އެމްއެމްޕީއާރްސީ

މި ކޮންފަރެންސްގައި ކުރިއަށް ގެންދިޔަ އެކި ޕެނަލް ޑިސްކަޝަންތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބްރޯޑްކާސްޓް މީޑިއާ އާއި އިންކްލޫސިވް ޓޫރިޒަމް ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މި މާކެޓުގައި އޯޝިއެނިކް ސަރަހައްދުގެ 150އަށް ވުރެ ގިނަ މަގުބޫލު މީޑިއާއާއެކު ނެޓްވޯކިން ސެޝަންތައް ކުރިއަށްދިޔަ ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ. އެގޮތުން އެމްއެމްޕީއާރްސީ އިން ބުނީ، އެ ފެއާގައި ބައިވެރިވި ބައެއް މީޑިއާތަކުގެ ތެރޭގައި ބީބީސީ ޓްރެވަލް، ކޮންޑޭ ނާސްޓް ޓްރެވަލާ، ވޯގް މެގަޒިން، ނޭޝަނަލް ޖިއޮގްރަފިކް ޓްރެވަލާ ފަދަ މަޝްހޫރު މީޑިއާތައް ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރްސީއިން ބުނީ އައިއެމްއެމްގައި ބައިވެރިވުމަކީ އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، މީޑިއާ ޕްރޮފެޝަނަލުންނަށް ފަތުރުވެރިކަމުގެ އެކި ސެގްމަންޓްތައް ރަނގަޅަށް ޕްރޮމޯޓް ކުރުމަށް ރާއްޖެއިން ގެންގުޅޭ ސްޓްރެޓެޖީއާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް އޮސްޓްރޭލިއާ) ގައި އެމްއެމްޕީއާރްސީ އިން ބައިވެރިވުން --- ފޮޓޯ/ އެމްއެމްޕީއާރްސީ

އެގޮތުން އެ ސްޓްރެޓެޖީގެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައިވެސް އޮސްޓްރޭލިއާ އާއި ނިއުޒީލެންޑުން ލިބޭ ބުކިންތަކާއި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.

މިފެއާ ބާއްވައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، އޮސްޓްރޭލިއާގެ ސިޑްނީގައެވެ.

މިދިޔަ އަހަރު ވެސް އެމްއެމްޕީއާރްސީއިން ވަނީ މި ފެއާގައި ބައިވެރިވެފައެވެ. އެގޮތުން މި ފެއާއާއެކު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ 178 ހަރަކާތް ހިންގައި، ބައިވެރިވެފައެވެ.

މީގެތެރޭގައި 90 މާކެޓިން ކެމްޕޭނުގައި ބައިވެރިވެ 44 ފެއާގައި ބައިވެރިވެ، 06 ރޯޑްޝޯ ހޯސްޓުކޮށް، 10 ވާޗުއަލް އިވެންޓާއި 18 ފެމިލިއަރައިޒޭޝަން ދަތުރާއި އެހެނިހެން 10 އިވެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނިވަނީ ހިންގާފައެވެ.

މިދިޔަ މަހުގެ 29ގެ ނިޔަލަށް އޮސްޓްރޭލިޔާގެ 2،610 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް