މާޒިޔާ ވަރުގަދަކުރަން ޗައިނާ ސްޕަލީގްގައި ކުޅުނު ފޯވާޑެއް ގެނެސްފި

މާޒިޔާ ސްޕޯޓްސް ކްލަބާއި އަލަށް ގުޅުނު ސާބިއާގެ ސްޓެފަން މިހަލޮވިޗް އެ ކްލަބަށް ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ/މާޒިޔާ

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމް ވަރުގަދަ ކުރުމަށް މާޒިޔާ ސްޕޯޓްސް ކްލަބުން ސާބިއާގެ ފޯވާޑެއް ގެނެސްފިއެވެ.

މާޒިޔާއިން ބުނީ ކުރިއަށްއޮތް ސީޒަނުގައި މާޒިޔާ ވަރުގަދަ ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސާބިއާގެ ތަޖްރިބާކާރު ފޯވާޑެއް ކަމަށްވާ ސްޓެފަން މިހަލޮވިޗް އެ ކްލަބަށް ގެނެސްފައިވާކަމަށެވެ. އުމުރުން 28 އަހަރުގެ ސްޓެފަން އަކީ ސާބިއާގެ ގިނަ ކްލަބްތަކެއްގެ އިތުރުން ޗައިނާ ސުޕަލީގަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ސްޓެފަންގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ، 2012 ވަނަ އަހަރު ސާބިއާގެ ވެރިރަށް ބަލްގްރޭޑުގެ ކްލަބް ރެޑް ސްޓާއިންނެވެ. އެ ކްލަބްގައި ތިން އަހަރު ހޭދަކުރުމަށްފަހު ލޯނު އުސޫލުން ދެން އޭނާ ބަދަލުވީ ސްޕޮޓަށެވެ. އެ ކްލަބަށް ބަދަލުވުމަށްފަހު ސްޓެފަން ވަނީ 2015 ވަނަ އަހަރުގެ ނިޔަލަށް ސާބިއާގެ ދެ ކްލަބަކަށް ކުޅެފައެވެ. ސާބިއާގެ ސްޕަ ލީގުގައި ކުޅުމަށްފަހު، ސްޓެފަން ޗައިނާގެ ސްޕަލީގް ކްލަބް ހެނގްފެނގާ ގުޅުނީ 2020 ވަނަ އަހަރެވެ. މާޒިޔާއަށް ބަދަލުވުމުގެ ކުރިން ސްޓެފަން އެންމެފަހުން ކުޅުނީ ޗައިނާގެ ކަންގްޒޫ މައިޓީ ލަޔަން އަށެވެ.

މާޒިޔާ ސްޕޯޓްސް ކްލަބާއި އަލަށް ގުޅުނު ސާބިއާގެ ސްޓެފަން މިހަލޮވިޗް--- ފޮޓޯ/ މާޒިޔާ

ކުރިއަށްއޮތް ސީޒަނަށް ޓީމްތަކުން ތައްޔާރުވާން ފަށާފައިވާއިރު، މާޒިޔާއިން ވަނީ އާ ކޯޗް އިވާން ކޮލެވް އާއެކު، މިމަހުގެ ހަތްވަނަ ދުވަހު ޓީމުގެ ފަރިތަކުރުންތައް ފަށާފައެވެ.

މާޒިޔާއިން ވަނީ ޓީމް ވަރުގަދަ ކުރުމަށް މާޒިޔާއިން ވަނީ މިސްރު ކުޅުންތެރިއަކުވެސް ގެނެސްފައެވެ. މީގެ އިތުރުން މާޒިޔާއިން ވަނީ، އަލީ ފާސިރު (ސެންޓޭ) އަހުމަދު ނޫމާން (ހެލްމެޓް) ވެސް އެ ކްލަބަށް ގެނެސްފައެވެ.

comment ކޮމެންޓް