އެފްއޭއެމް އިންޓަސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ ގުރުއަތުނެގުން ބާއްވައިފި

އިންޓަރސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ ގުރުނެގުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ގެ 15 އަހަރުން ދަށުގެ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުނެގުން އިއްޔެ ބާއްވައިފިއެވެ.

އެފްއޭއެމް އިންޓަސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ ގުރުއަތުނެގުން އިއްޔެ ބާއްވާފައިވާއިރު، މިފަހަރުގެ މުބާރާތުގައި 19 ސްކޫލަކުން ބައިވެރިވެއެވެ.

އިންޓަސްކޫލް ގްރޫޕްތައް ބެހިފައިވާގޮތް

އެފްއޭއެމުން ބުނީ، އިންޓަސްކޫލް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 15 އިން 11 މާޗްގެ ނިޔަލަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗްތައް މާޗް ހަތަރެއްގައި ކުރިއަށްދާއިރު، ސެމީފައިނަލް މެޗުތައް ކުރިއަށްދާނީ މާޗް އަށްވަނަ ދުވަހުއެވެ.

އިންޓަސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ ގުރުނެގުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މިފަހަރުގެ މުބާރާތުގެ މެޗްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑެވެ.

އަހަރުތަކަކަށްފަހު އެމްއޭއެމުން އިންޓަސްކޫލް ފުޓްބޯޅަ މުބާރާތްތައް ފަށާފައިވާއިރު، އިންޓަސްކޫލް 17 އަހަރުން ދަށުގެ މުބާރާތް ވަނީ މިދިޔަ ބްރާސްފަތި ދުވަހު ނިމިފައެވެ.

އެފްއޭއެމް އިންޓަސްކޫލް 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރެހެންދި ސްކޫލެވެ. މުބާރާތް ރެހެންދި ސްކޫލް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ކަލާފާން ސްކޫލާ ދެކޮޅަށް ކުޅުނުމެޗް ދޭއް އެކެއްގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

comment ކޮމެންޓް