ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށް ވެލިގާ ހާޑްވެއާ އާއި ބްލަންކް ފިހާރަތަކުން ރޯދަ ސޭލް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
މި ޕްރޮމޮޝަނުގެ މުއްދަތުގައި ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކުން ކޫޕަނެއް ލިބޭއިރު، އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ހަތަކުން ވިހި ވަނަ ދުވަހުގެ ނިޔަލަށެވެ.
ވެލިގާ ހާޑްވެއާ އާއި ބްލަންކް ފިހާރަތުކުން ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ވިޔަފާރި ކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި އެ ކަސްޓަމަރަކަށް ބައިވެރިވެވޭނެއެވެ. އަދި މި ޕްރޮމޯޝަނުގައި ބައިވެރިވެވިފައިވާކަން ކަސްޓަމަރަށް އެންގުމުގެ ގޮތުން މެސެޖެއް ފޮނުވާނެއެވެ. މި މެސެޖުގައި ވާ ލިންކަށް ފިތާލުމުން ކަސްޓަމަރުންނަށް ލިބޭ ކޫޕަންގެ ތަފުސީލު ފެންނާނެއެވެ.
މި ޕްރޮމޯޝަނުން ނަސީބުވެރި މީހުންނަށް ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި ޕްރޮމޯޝަނުން އެއް ވަނައަށް ހޮވޭ މީހަކަށް 15,000 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެއެވެ. އަދި އިތުރަށް ހޮވޭ ނަސީބުވެރި ފަސް މީހަކަށް 3,000 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެއެވެ.
މި ނަސީބުވެރި މީހުންނަށް ވައުޗާރު ބޭނުން ކޮށްގެން ވެލިގާ އިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެއެވެ.
ވެލިގާ ހާޑްވެއާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ މަޤުބޫލު އެއް ހާޑްވެއާ ފިހާރައެވެ. 2008 ގަ ހުޅުވި މި ފިހާރައިގެ ޖުމްލަ ފަސް ފިހާރަ މިހާރު މާލެ ސަރަޙައްދުގައި ހުރެއެވެ. ވެލިގާ އިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާ މަޝްހޫރު ބްރޭންޑްތަކަށް ބަލާއިރު، މެޓާބޯ، ޔާޓޯ، ސެލީސް، ސަޓާ އަދި ވެރާ ހިމެނެއެވެ.