ރޯދައަށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ

ވިލާ މާޓް: އެ ތަނުން ވަނީ ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމާފައި --

މި ފެށޭ ރޯދަ މަހާ ދިމާކޮށް ވިލާ މާޓުން ޙާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފިއެވެ.

ވިލާ މާޓުން ބުނީ މި ޕްރޮމޯޝަނަކީ ވިލާ މާޓުގެ އައުޓްލެޓްތަކުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ ޕްރޮމޯޝަނެއް ކަމަށާއި މިއީ ރަމަޟާން މަހުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމަށެވެ.

"ރޯދަ ވިތު ވިލާ މާޓް" ޕްރޮމޯޝަން އޮންނާނީ މި މަހު 10 އިން އޭޕްރީލް 10 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ރޯދަ މަހު ކޮންމެ ދުވަހަކު ވެސް 500 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ވައުޗަރު ހޯދަން ބޭނުންވާ ކަސްޓަމަރުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވިލާ މާޓުގެ ފަސް އައުޓްލެޓުގެ ތެރެއިން ކޮންމެ ވެސް އައުޓްލެޓަކުން ވިޔަފާރިކުރަން ޖެހޭނެއެވެ.

ވިލާ މާޓުގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަނަކީ ވަފާތެރި ކަސްޓަމަރުންނަށް ވިލާ މާޓާ އެކު ވިޔަފާރިކުރުމުގެ ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ވިލާ މާޓުން ބުނީ ޕުރޮމޯޝަނާ ގުޅޭ އިތުރު ތަފުސީލުތައް ވިލާ މާޓްގެ އޮފިޝަލް ވެބްސައިޓުންނާއި ވިލާ މާޓުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެކަމަށެވެ.

comment ކޮމެންޓް