ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާއްމުކޮށް ވިޔަފާރިކުރާ ތަކެތި އޮންލައިންކޮށް ލިބޭނެ ގޮތަށް، މޫލީ ރޯދަ ސޭލް، އުރީދޫއިން މިއަދު ފަށައިފިއެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ މަގުބޫލު އީކޮމާސް ޕްލެޓްފޯމް މޫލީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ ރޯދަ ސޭލް މިއަހަރުގެ ރަމަޟާން މަސް ނިމެންދެން ކުރިއަށްދާނެ ކަމަށެވެ.
މޫލީގެ ރޯދަ ސޭލްގައި ހިމެނޭ ތަކެތީގެ ތެރޭގައި ފަރުނީޗަރު، މަރޮށި ދިޔާހަކުރު، ސްމާޓް އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ ތަކެތި ހިމެނެއެވެ.
މޫލީ ޓީމުން ބުނިގޮތުގައި ނަން މަޝްހޫރު ބްރޭންޑުތަކުގެ މި އުފެއްދުންތަކަކީ، އިތުބާރު ހިފޭ މާޗަންޓުން ޕްލެޓްފޯމުގައި ވިއްކާ ތަކެއްޗެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގިނަ ވިޔަފާރިވެރިންގެ އިތުރު އުފެއްދުންތައް ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ޓީމުން ބުންޏެވެ.
މޫލީން ގަންނަ ކޮންމެ އައިޓަމެއް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
comment ކުރިޓިކު
1 year 1 month ago
މި މަނިކުފާނު ހަމަބާ؟ބަލަ ވޯޓްބޭނުން ވެގެން އައިމާ ހެޔޮވެރިކަމެއް ކުރަން ވޯޓް ދިނީ، އޭރު ނުބުނޭ މަޖިލިސް ދިނިއްޔާއޭ ވެރިކަން ކުރެވޭނީ. ބަލަ އަހަރެމެން އާދޭހެއް ނުކުރަމޭ، ވެރިކަންކޮއްދޭށޭ ކިޔާ. ނުކުރެވޭނަމަ އިސްތިއުފާ ދީފާ ގެއަށްދޭ. ތިއީ އެއުޅޭ ވގ އަދުރޭގެ ޕަޕެޓެއް.