މާލޭގައި މިރޭ އެމްއެންޑީއެފުން ތިން މިނެޓަށް ހަވާ އަރެވުމަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލޭގައި މިރޭ 9:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓާ ދިމާލުން މޫދުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެކަން ކޮށްދެނީ އަމިއްލަ ފަރަތަކުން އެދިގެން ވިޔަފާރި އުސޫލުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ހަވާ އަރުވައި ދިނުމަކީ އެމްއެންޑީއެފްގެ ސިފްކޯއިން ފޯރުކޮށްދޭ ޚިދުމަތެކެވެ. މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން އެދިގެން އެކިއެކި ހަފްލާތަކަށް މާލޭގައި ހަވާ އަރުވާދީފައިވެއެވެ.