މިރޭ ފަރުކޮޅުފުށީގައި ހަވާ އަރުވަނީ

މާލޭގައި މީގެ ކުރިން އާ އަހަރާ ގުޅިގެން ހަވާ އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ފަރުކޮޅުފުށީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ހަވާއަރުވަނީ ފަރުކޮޅުފުށީގައި ބާއްވާ ޕްރައިވެޓް ހަފުލާއެއްގެ ތެރެއިން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުށީގެ ބޭރުން ކަމަށެވެ.

މިރޭ 22:00 ހާއިރު ފަށާ ހަވާއެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް ތިން މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އާންމުކޮށް ހަވާ އަރުވަނީ ޚާއްޞާ މުނަސާބަތުތަކުގައްޔާއި، އަމިއްލަ ފަރާތްތަކުގެ ހަފުލާތަކުގައެވެ. ނަމަވެސް ބައެއް ފަހަރު ފަރިތަކުރުންތަކުގެ ތެރެއިން ވެސް ހަވާ އަރުވާއިރު، އެކަން ދުރައިލާ އަންގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް