މިރޭ ފަރުކޮޅުފުށީގައި ތިން މިނިޓަށް ހަވާއަރުވަނީ

މާލޭގައި ހަވާ އެރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ފަރުކޮޅުފުށީގައި ތިން މިނިޓަށް ހަވާއަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން ބާއްވާ ހަރަކާތެއްގައި ކަމަށެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައި ކަމަށް ވެސް ސިފައިން ބުންޏެވެ.

ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވައެވެ.

ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށް ކަމަށްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.

comment ކޮމެންޓް