ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ވ. ފެލިދޫ އާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 33.7 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުالله އަޙްމަދެވެ.

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން ފެލިދޫގައި 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖަހައި، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހައި، 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ހަދާނެވެ. އަދި 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރާނެއެވެ.

މީގެ އިތުރުން ކެޔޮދޫގައި 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖަހައި، 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުމުގެ އިތުރުން
20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރާނެއެވެ.

އެ ދެ ރަށުގެ ގޮނޑުދޮށް ހިމަޔާތް ކުރުމުގެ މަޝްރޫ ސާސް-އީ ކުންފުންޏާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް