މުދާ ހިފައިގެން މާލެއިން އައްޑުއަށް ދިޔަ ދޯންޏެއް ފަރަށް އަރައިފި

"ބޮނިތޯ ކެރިއާ" ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ ---

މާލެއިން މުދާ ހިފައިންގެން އައްޑޫ ސިޓީ ކެނެރީފް ރިސޯޓަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ލާމާފަރު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 02:07 ހާއިރުކަމަށެވެ. އަދި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަގުތުން ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަ ފަޅުވެރިންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯންޏަކީ 85 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ، ދޯނީގައި ތިބީ ހަމައެކަނި ދޯނީގެ ފަޅުވެރިންކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ކޮޅުވެއްޓިއެއް ބޭނުންކޮށްގެން ދޯނި ފުންކުރުމުގެ މަސައްކަތް ކަމަސް އޭނާ ވިދާޅުވިއެވެ.

"އެކޮޅުން ފަތިހު އެހީތެރިކަމަށް އެދުނީ މިރަށުން ދޯންޏެއް ފޮނުވައިދޭން ބޯޓު ކަފުޖަހާލަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް