ބަސް ދަތުރުތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީ ބަސް ދަތުރުތަކަށް މިއަދު ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ، މިއަދު ހެނދުނު 06:30 އިން މެންދުރު 01:00އާ ހަމައަށް ސޯސަން ރޫޓުގެ ބަސް ދަތުރުތައް މެދުކަނޑާލާފައިވާކަމަށެވެ.

މީގެ އިތުރުން، އޯކިޑް ރޫޓުގެ ދަތުރުތައް ވަގުތީ ގޮތުން މަޖީދީ މަގަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ބަހުގެ ޝެޑިއުލަށް މި ބަދަލުތައް ގެނައީ މިއަދު ހެނދުނުން ފެށިގެން މެންދުރަށް ގްރީން ޒޯންގެ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން އެމްޓީސީސީއަށް އަންގާފައި ވުމުންނެވެ. ގްރީން ޒޯންގެ މަގުތައް މިއަދު ބަންދުކުރީ ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ.

މިއަދު މެންދުރު 01:00ގެ ފަހުން މަގުތައް އަލުން ހުޅުވާލާނެއެވެ. އެއަށްފަހު ބަސް ދަތުރުކުރާ ރޫޓުތައް އާންމު ހާލަތައް ރުޖޫއަ ވާނެކަމަށް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް