ރިނިއު ކޮށްފައިވާ ޝޯއެއް ނެޓްފްލިކްސް އިން ކެންސަލް ކޮށްފި

ނެޓްފްލިކްސް އިން އިތުރު ސީޒަނަކަށް ރިނިއު ކޮށްފައިވާ ޝޯއެއް ކަމަށްވާ "އިންސައިޑް ޖޮބް" ކެންސަލު ކޮށްލައިފިއެވެ.

ނެޓްފްލިކްސް އިން ދައްކަމުން އަންނަ ޝޯތަކުގެ ތެރޭގައި ބޮޑު ފޮލޮވިން އެއް ހޯދާފައިވާ ޝޯ އިންސައިޑް ޖޮބް އަކީ އެޑަލް ކޮމެޑީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ޝޯއެކެވެ.

ޝޯގެ އެއް ސީޒަން ނެރެފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެ ޝޯ ވަގުތުން ބޮޑު "ކަލްޓް ކްލެސިކް" އަކަށް ވެގެން ދިޔައެވެ. އެއާއެކު ފޭނުން ތިބީ ޝޯގެ ދެވަނަ ސީޒަނެއްގެ އިންތިޒާރުގައެވެ. ނުވަތަ ޝޯގެ ތިން ވަނަ ބައިގެ އިންތިޒާރުގައި ތިިއްބައި ނެޓްފްލިކްސް އިން ޝޯ ވަނީ އާ ސީޒަނަކަށް ރިނިއު ކޮށްފައެވެ.

ޝޯގެ އާ ސީޒަނަށް އިންތިޒާރުކުރަމުން ދަނިކޮށް ނެޓްފްލިކްސް އިން ވަނީ އަނެއްކާ އާ ހަބަރެއް ދީފައެވެ. އެއީ ޝޯގެ އިތުރު ސީޒަނެއް ނުލިބޭނެ ކަމަށެވެ.

އެއާއެކު ފޭނުން ތިބީ ވަރަށް ދެރަ ވެފައެވެ. ޝޯ އުފެއްދި މީހުން ވެސް ތިބީ އެ ވާހަކައާ ގުޅިގެން ވަރަށް ބޮޑަށް ދެރަ ވެފައި ކަމަށް އެމީހުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

މި ޝޯގައި ދައްކައިދޭނީ ސިއްރު ކުންފުންޏަކުން ދުނިޔޭގެ ސިޔާސީ ދާއިރާއާއި އިގުތިސޯދު އަދި އެ ނޫން ވެސް ކަންތައްތައް ކޮންޓްރޯލު ކޮށް ބަލަހައްޓާ ގޮތެވެ.

ނެޓްފްލިކްސްއިން ދަނީ މަގުބޫލު ބޮޑެތި ޝޯތައް ކޮންމެ ދުވަހަކު ހެން ކެންސަލު ކުރަމުންނެވެ. އޭގެތެރޭގައި އެންމެ ގިނަ ބަޔަކު ދެރަކޮށްލާފައިވާ ޝޯތަކެއް ހިމެނެއެވެ. އެއީ މިދިޔަ އަހަރު ނެރުނު "1899" އައި "ވޯރިއާ ނަން" އެވެ.

comment ކޮމެންޓް