މަސްތުވާތަކެތީގެ މައްސަލައެއްގައި ފޯކައިދޫ ޓީޗަރަކު ހައްޔަރު ކޮށްފި

ށ. ފޯކައިދޫ: މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ރަށު ސްކޫލް ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ/ އަލީ ގުރައިޝް

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޯކައިދޫ ސްކޫލުގެ ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.

ފޯކައިދޫ ކައުންސިލް މެންބަރަކު 'ސަން' އަށް މިއަދު ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ރަށުން ދެ މީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކީ އެ ރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފޯކައިދޫއަށް ނިސްބަތްވާ މެދު އުމުރުގެ އެ ފިރިހެން މީހާ އެ ރަށު ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި ކިޔަވާދެމުންދާތާ 12 ވަރަކަށް އަހަރުވެފައިވާނެ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށްކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

comment ކޮމެންޓް