މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން ޒުވާނަކު މަރުވެއްޖެ

ލ. ހިތަދޫ: މަސް ބާނަން ފޭބި ޒުވާނަކު ވަނީ ނިޔާވެފައި -- ފޮޓޯ/ ޕީއެސްއެމް

ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގައި ތާށިވުމުގެ ސަބަބުން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މެންދުރުފަހު 3:42 ގައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.

  • ލ. ހިތަދޫގައި މަސް ހިފަން އުޅުނު 22 އަހަރުގެ ޒުވާނަކު މަރުވުން.
  • މަރުވީ މަސް ހިފަން ގެންގުޅުނު ދަގަނޑު އަތަށް ވަދެ ގަލެއްގައި ތާށިވުމުގެ ސަބަބުން.
  • ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މެންދުރުފަހު 3:42 ހާއިރު.
  • ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ޒުވާނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނުން.

މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އަމާން/ ލ. ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.

އެ ރަށުގެ ކައުންސިލަރު ޢަބްދުލްވާޙިދު އިދުރީސް 'ސަން'އަށް މިއަދު ވިދާޅުވީ، އެ ޒުވާނާ މަސް ހިފަން އުޅުމުގެ ތެރޭ، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގައި ތާށިވި ކަމަށެވެ.

"ވީގޮތަކީ މަސް ހިފަންވެގެން އުޅުމުގެ ތެރޭގައި ގެންގުޅުނު ނަނު ގަލުތެރެއަށް މަހާ އެއްކޮށް ހިފީމަ، ގެންގުޅުނު ދަގަނޑަށް މަސް ވަދެގެން ދިޔަ ގަޑީ އަތުގައި ބެދިގެން ގަލުގަ ތާށިވީ،" ޢަބްދުލްވާޙިދު ވިދާޅުވިއެވެ.

ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް