ޓެސްޓްތަކެއް ހެދުމަށް ރައީސް މައުމޫން އެޑްމިޓްކޮށްފި

ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ-- ސަން ފަޔާޒު މޫސާ

ރައީސް މައުމޫން އަބްދުލްގައްޔޫމް، ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު އެޑްމިޓް ކޮށްފިއެވެ.

ރައީސް މައުމޫންގެ ގާތް ބޭފުޅަކު "ސަން" އަށް މިއަދު ވިދާޅުވީ އެމަނިކުފާންގެ ސިއްހީ ހާލަތު ބެލުމަށް ހަދަން ޖެހޭ ޓެސްޓްތަކެއް މިހާރު ހަދަމުން އަންނަ ކަމަށެވެ.

"ހާލު ރަނގަޅު. ޓެސްޓްތައް ހެދުމަށް ފަހު ދޫކޮށްލާނެ ކަމަށް ބުނަނީ،" އޭނާ ވިދާޅުވިއެވެ.

އުމުރުން 85 އަހަރުގެ ރައީސް މައުމޫން ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށް ވިދާޅުވެ ދެންމެ ޓްވީޓެއް ކުރައްވައިފައެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށް ވެސް އެމަނިކުފާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާލޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުން ދިޔައިރު އެ ބަލި ޖެހިގެން ވެސް ރައީސް މައުމޫން އެޑްމިޓް ކުރިއެވެ. ފަރުވާއަށް ފަހު ބަލި ރަނގަޅުވުމުން އެފަހަރު ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

comment ކޮމެންޓް