ބޮޑު ބްރޭކަކަށް ފަހު ސެލީނާ ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ

ހަތަރު އަހަރު ވަންދެން ސޯޝަލް މީޑިއާއާ ދުރަށް ދިޔުމަށްފަހު އެނބުރި އައިސް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް އެންމެ ފަހުން އެކްޓިވް ވާން ފަށައިފިއެވެ.

ކާޑޭޝިއަން އާއި ޖެނާ އާއިލާ އިން އިންސްޓަގްރާމް ހިސޯރުކުރުމުގެ ކުރިން އެ ސޯޝަލް މީޑިއާގެ ރާނީ އަކީ ސެލީނާއެވެ. ނަމަވެސް އެހާ ބޮޑު ޕްލެޓްފޯމެއް އޮތުމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ކޮންމެ ވެސް ވަރަކަށް އަސަރު ކުރި ކަމަށް ސެލީނާ ބުނެފައިވެއެވެ.

އެއާއެކު ސެލީނާ އެންމެފަހުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ބްރޭކެއް ނަގާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާގެ ކެރިއަރަށް ބޮޑު ސަމާލުކަމެއް ދީ ސޯޝަލް މީޑިއާގެ ހުރިހާ ކަމަކާ ދުރުވިއެވެ. ނަމަވެސް ބްރޭކަށްފަހު ސެލީނާ ދާދިފަހުން މި ވަނީ ސޯޝަލް މީޑިއާއަށް އެނބުރި އައިސްފައެވެ.

View this post on Instagram

A post shared by Selena Gomez (@selenagomez)

އެންމެފަހުން ސެލީނާ މިވަނީ ސޯޝަލް މީޑިއާގައި އުޅޭ މިންވަރު އިތުރުވެފައެވެ. އެކަން އޭނާ ވެސް ވަނީ ފާހަގަކޮށްފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހު ސެލީނާ އައީ އިންސްޓަގްރާމްއަށް ކޮންމެ ދުވަހަކު ހެން ޕޯސްޓުކުރަމުންނެވެ.

ސެލީނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ ސޯޝަލް މީޑިއާއަށް އެނބުރި އައި ކަން މިހާރު އެހެން މީހުންނަށް އިހުސާސް ކުރެވޭނެ ކަމަށެވެ.

އިންސްޓަގްރާމްގެ "ކުއީން"ގެ ގޮތުގައި 2016 ގައި އޮތް ސެލީނާގެ މިހާރު 369 މިލިއަން ފޮލޮވަރުން އެބަތިއްބެވެ. ސެލީނާއަށް ފަހު އެ މަގާމު މިހާރު އޮތީ ސޯޝަލް މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ އަތުގައެވެ. ކައިލީ ޖެނާގެ 377 މިލިއަން ފޮލޮވަރުން އިންސްޓަގްރާމްގައި އެބަތިއްބެވެ.

comment ކޮމެންޓް