ޓިކްޓޮކުން ނަފުސާނީ ގެއްލުންވާ ކަމަށް ބުނެ ދައުވާ ކުރަނީ

ޓިކްޓޮކް--

ޓިކްޓޮކާއި، މެޓާފަދަ ޕްލެޓްފޯމްތަކުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކުރާކަމަށް ބުނެ އެމެރިކާގެ ވޮޝިންޓަން ޑީސީގެ ސިޓީއެއް ކަމުގައިވާ ސިއެޓަލްގެ ސުކޫލުތަކުން ދައުވާކުރަން ނިންމައިފިއެވެ.

ސިއެޓަލް ސްކޫލުތަކުން ޓިކްޓޮކް، މެޓާ އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކާ ދެކޮޅަށް ދައުވާ ކުރަނީ އެ ސިޓީގެ ޒުވާނުންގެ މެދުގައި "ނަފްސާނީ ބަލިމަޑުކަމެއް" އުފެދިފައިވާ ކަމަށް ބުނެއެވެ. މި ޕްލެޓްފޯމްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެންޒައިޓީ، ޑިޕްރެޝަން އަދި އެހެނިހެން ނަފްސާނީ މައްސަލަތައް އިތުރުވެ އަހުލާގާއި، ސިއްހަތަށް ނުރަނގަޅު، ކޮންޓެންޓް ޕްރޮމޯޓްކުރާ ކަމަށް ސްކޫލްތަކުން ތުހުމަތު ކުރެއެވެ.

ދައުވާގައި ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ގިނަ ކުށްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގެއްލުންހުރި ފިލްޓަރުތަކާއި އެޑިޓިން ޓޫލްސް ބޭނުންކުރުމަށް ބާރުއެޅުމާއި ނުރަނގަޅު ކޮންޓެންޓް ޝެއާ ކުރުމަށް ހިތްވަރު ދިނުމާއި ބޭނުންކުރާ ފަރާތްތަކުން އުފައްދާ ކޮންޓެންޓް އެކަށީގެންވާ މިންވަރަކަށް މެދުމިން ނުކުރުން ހިމެނެއެވެ.

ސްކޫލްތަކުން ބުނަނީ މިކަންކަމުގެ ސަބަބުން ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަން ދަށަށް ދިއުމަށް މަގުފަހިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ޚަރަދުތައް ފޫބެއްދުމަށް އެހީވުމުގެ ގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދައުވާ އަކީ ޒުވާނުންގެ މެދުގައި ނަފުސާނީ މައްސަލަތައް ކުރިއެރުވުމުގައި ސޯޝަލް މީޑިއާގެ ދައުރު އޮތް ކަމަށް ބެލެވޭ ބޮޑު ޓެސްޓް ކޭހެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ދައުވާއެކެވެ. އެކަން ކާމިޔާބުވެއްޖެނަމަ ދުނިޔޭގެ އެހެން ސިޓީތަކާއި ގައުމުތަކުގައި ވެސް މިފަދަ ދައުވާތައް ކުރާނެ ކަމަށް ބެލެވެއެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ތުހުމަތުތަކާ ދެކޮޅަށް ކޯޓުގައި ކުރިމަތިލާނެ ކަމަށް ބެލެވެއެވެ. އެމީހުން ބުނަނީ އެމީހުންގެ ޕްލެޓްފޯމްތަކުގައި ސިއްހަތަށް ފައިދާހުރި އަހުލާގާއި ކޮންޓެންޓް ޕްރޮމޯޓް ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި ބޭނުންކުރާ މީހުންގެ ނަފުސާނީ މައްސަލަތަކަށް ޒިންމާވާން ނުޖެހޭ ކަމަށެވެ.

މި މައްސަލަ އަކީ މުސްތަގުބަލުގައި ސޯޝަލް މީޑިއާ ކުންފުނިތައް ރެގިއުލޭޓް ކުރާ ގޮތަށް ބޮޑެތި އަސަރުތަކެއް ކުރާނެ މައްސަލައަކަށް ވާތީ، މި މައްސަލަ ފުޅާ ދާއިރާއެއްގައި ޓެކް އިންޑަސްޓްރީން ވަރަށް ގާތުން ބަލާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް