ދެ މީހުންނާއެކު ކަނޑުހުޅުދޫއިން ފުރައިގެން ދިޔަ ލޯންޗެއް ދިޔަވެގެން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަނީ--- ފޮޓޯ

ދެ މީހުންނާއެކު ގއ. ކަނޑުހުޅުދޫން ފުރައިގެން ދިޔަ ލޯންޗެއް ދިޔަވެގެން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމްް ޙުސެން މިއަދު 'ސަން'އަށް ވިދާޅުވީ, އެ ލޯންޗުގައި ތިބީ ދެމީހުން ކަމަށެވެ.

އެއީ ލޯންޗުގެ ކައްޕިއާއި ފަޅުވެރިއަކުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލޯންޗު ދިޔަވުމާ ގުޅިގެން ގއ. ދާންދޫއިން އެ ދެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ދާންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުޙައްމަދު ވިދާޅުވީ، އެ ދެ މީހުންވެސް ތިބީ ސަލާމަތުން ކަމަށާއި ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ލޯންޗު ދިޔަވެގެން ގޮސް ފެނުން މަތީގައި އޮތީ ގެގަނޑު އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ލޯންޗު ތިލަ ކުރުމުގެ މަސައްކަތަށް، އެރަށުން ބައެއް މީހުން އެ ލޯންޗު އޮތް ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި މަސައްކަތުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

comment ކޮމެންޓް