ދާންދޫ މަގުމަތިން މަރުވެފައި އޮތް 33 އަހަރުގެ މީހަކު ފެނިއްޖެ

ގއ. ދާންދޫ

ގއ. ދާންދޫ މަގުމަތިން މަރުވެފައި އޮތް 33 އަހަރުގެ ފިރިހެނަކު ފެނިފައި ވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުމައްޗަށް އެރަށު ނަގަހެލަގޭ އަހްމަދު އަބްދުﷲ ވެއްޓިފައި އޮއްވާ ފެނުންކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:10 ހާއިރު ފުލުހުންނަށް ލިބުން ކަމަށެވެ.

އޭނާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައި ވާކަމަށް ހެލްތު ސެންޓަރާ ހަވާލައިދީ ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭ ގުލާބީމަގުގައި ހުރި ގެއަކުން ވެސް މަރުވެފައި އޮތް ދިވެއްސަކު ވަނި ފެނިފައެވެ.

comment ކޮމެންޓް