ޓުވިޓާގައި ސިޔާސީ އިޝްތިހާރު ކުރެވޭ ގޮތް ހަދަނީ

ހިއްސާގެ އަގު ވެއްޓުނު ނަމަވެސް، ދެ ވަނަ ކުއާޓަރުގައި ރެކޯޑް ފައިދާއެއް ލިބުނު.

ޓްވިޓާއިން، ސިޔާސީ އިޝްތިހާރުތައް މަނާކޮށްފައި އޮތް އޮތުން ވަރަށް އަވަހަށް އުވާލާނެކަމަށް ބުނެފިއެވެ.

މައިކްރޯ ބްލޮގިން ޕްލެޓްފޯމް ޓްވިޓާ އިން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކުންފުނިން ހުއްދަ ދޭ ސިޔާސީ އިޝްތިހާރު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޓްވީޓާގައި ޝާއިޢު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ޓްވީޓްގައި ބުނީ އެމެރިކާގައި ކޯޒް ބޭސްޑް އިޝްތިހާރު ކުރުމުގެ ސިޔާސަތަށް ލުޔެއް ދެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޓްވިޓާއިން ހުއްދަދޭ ސިޔާސީ އިޝްތިހާރުތައް ވެސް ފުޅާކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ޓްވިޓާގެ ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ދާއިރު، އިޝްތިހާރު ކުރުމުގެ ސިޔާސަތު ޓީވީ އާއި އެހެނިހެން މީޑިއާތަކާ އެއްގޮތް ކުރާނެކަމަށް ޓްވީޓާއިން ބުނެއެވެ. ސިޔާސަތުތަކަށް ގެންނަ ހުރިހާ ބަދަލުތަކެކޭ އެއްފަދައިން، ކޮންޓެންޓް ރިވިއުކޮށް އެޕްރޫވް ކުރުމުގައި ވެސް ޓްވިޓާގައި މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށްވެސް ބުނެފައިވެއެވެ.

އީލޮން މާސްކް ޓްވިޓާއާއި ހަވާލުވިފަހުން، ޓްވިޓާ އަކީ އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށާއި، ދޮގު މައުލޫމާތު ފެތުރުމަށް ނުވަތަ އެނޫންވެސް ގެއްލުންހުރި ކަންކަމުގައި ބައިވެރިވުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ނޫންކަން ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައެވެ.

ޓްވިޓާގެ ސިޔާސީ ސިޔާސަތުގެ އަމާޒަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފޯރަމެއް ފޯރުކޮށްދިނުމާއި އެ ޕްލެޓްފޯމަކީ އާންމުންގެ ހިޔާލު އޮޅުވާލުމަށް ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ނޫންކަން ކަށަވަރު ކުރުމެވެ.

ދޮގު ނުވަތަ އޮޅުވާލައިގެން މައުލޫމާތު ފެތުރުމާއި، އާޓިފިޝަލްކޮށް ބައެއް ޓުވީޓުތައް ނުވަތަ އެކައުންޓްތަކުގެ ނުފޫޒު ފޯރުވުން ފަދަ މަކަރާއި ހީލަތް ހެދުމުގެ ޓެކްޓިކްސް ބޭނުންކުރުން ވެސް ޓުވިޓާއިން ވަނީ މަނާކޮށްފައެވެ.

އެ ކުންފުނިން ވަނީ އެ ޕްލެޓްފޯމްގައި ކުރާ ސިޔާސީ އިޝްތިހާރުތަކަކީ ދެފުށް ފެންނަ އިޝްތިހާރުތަކަކަށް ހެދުމަށާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭ ގޮތަށް ގިނަ ސިޔާސަތުތަކެއް ތަންފީޒުކޮށްފައެވެ. އެ ސިޔާސަތުތަކުގެ ދަށުން އިޝްތިހާރުކުރާ ފަރާތްތަކުން އެމީހުންގެ އިޝްތިހާރުތަކަށް ފަންޑު ކުރާ ގޮތުގެ މައުލޫމާތާއި ވަކި އޯޑިއަންސަކާ ހަމައަށް ވާސިލުވުމަށް ބޭނުންކުރާ ޓާގެޓިން ކްރައިޓީރިއާގެ މައުލޫމާތު ހާމަކުރަން ޖެހެއެވެ.

ޖުމުލަ ގޮތެއްގައި ޓްވިޓާގެ ސިޔާސީ ސިޔާސަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފާޅުގައި ޚިޔާލު ބަދަލުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށާއި އަދި އެ ޕްލެޓްފޯމަކީ ދޮގު މައުލޫމާތު ފެތުރުމަށް ނުވަތަ ޑިމޮކްރެޓިކް މަރުހަލާތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ނޫންކަން ކަށަވަރުކުރުމެވެ.

comment ކޮމެންޓް