ދުވާފަރު ކައުންސިލްގެ ބޮޑު ޚިޔާނާތުގައި ތުހުމަތު ކުރެވޭ ދެ ކައުންސިލަރަކު އަލުން ވަޒީފާއަށް

ދުވާފަރުގެ ހަ ކައުންސިލަރުން

ރ. ދުވާފަރު ކައުންސިލްގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް، ސަސްޕެންޑުކުރި ދެ ކައުންސިލަރަކު އިއްޔެ ވަޒީފާއަށް ނިކުންނަން ފަށަައިފިއެވެ.

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ މެމްބަރުންވަނީ ސަސްޕެންޑުކޮށްފައެވެ.

މި ކަމާ ގުޅިގެން ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް މިއަދު "ސަން"އަށް ވިދާޅުވީ މި މައްސަލައިގައި އެއްވެސް ކައުންސިލަރެއްގެ ގޮނޑި ގެއްލޭނީ ޕީޖީ އޮފީހުން ދައުވާކޮށް އެ ދައުވާ ސާބިތުވެއްޖެނަމަ ނަމަކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ހަމައެކަނި ސަސްޕެންޑުކުރުން. އެ ވެސް އެންމެ ގިނަވެގެން ތިން މަސް. މި ދެ ކައުންސިލަރުންނަކީ ޚިޔާނާތުގައި ބައިވެރިވި މިންވަރަށް ބަލައިފައި ތިން މަހަށްވުރެ ކުޑަ މުއްދަތަކަށް ސަސްޕެންޑުކުރި ދެ މީހުން. ބޮޑު ސަސްޕެންޝަނެއްގައި ހުރީ ކައުންސިލް ރައީސް،" އަފްޝަން ވިދާޅުވިއެވެ.

މި މައްސަލައިގައި ގާނޫނީ ގޮތުން ހުރި ނުކުތާތަކުގެ ވާހަކަ ހިއްސާކުރައްވަމުން އެލްޖީއޭގެ ލީގަލް އެފެއާޒް ހެޑް އަބްދުﷲ ރަޝީދު ވިދާޅުވީ، އެކި ކައުންސިލަރުންނަށް ސަސްޕެންޝަނުގެ މުއްދަތު ތަފާތުވީ، އެ މީހުންގެ ޒިންމާތަކާއި ހިންގި އަމަލަށް ބެލުމަށްފަހުކަމަށެވެ.

"މާލީ ޒިންމާދާރު ވެރިއަކީ ކައުންސިލްގެ ރައީސްކަމަށްވާތީ އޭނާގެ އޮންނާނެ ޒިންމާތަކެއް. އެހެންވެ ވަކި ސުވާލުތަކެއް ކުރީ. ދެން ކައުންސިލްގެ އެކި މެމްބަރުންނަށް އެކި ވަރަށް ފިޔަވަޅު އެޅީ. އެއީ ޓްރާންސެކްޝަން ހިންގައިފައި ހުރި ކުޑަބޮޑު މިނާއި ޒިންމާއަށް ބަލައިފައި. ކައުންސިލް މެމްބަރުންނާއި ނައިބު ރައީސާއި ރައީސްގެ ޒިންމާ ތަފާތުވާނެ،" ރަޝީދު ވިދާޅުވިއެވެ.

https://sun.mv/171003

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް