ޓްވިޓާގެ އޮފީސް އިމާރާތަކަށް ކުލި ނުދައްކާތީ އީލޮން މަސްކް ގޮވައިގެން ކޯޓަށްދަނީ

ޓްވިޓާގައި ނެގި ވޯޓެއްގައި، އީލޯން މަސްކް ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ވަނީ ތާއިދުކޮށްފަ -- ފޮޓޯ/ ގެޓީ

އެމެރިކާގެ ކެލްފޯނިއާގެ ސްޓޭޓެއް ކަމަށްވާ ސެން ފްރެންސިސްކޯގައި ހުންނަ ޓްވިޓާގެ އޮފީސް ހިންގާ އިމާރާތަށް ކުލި ނުދައްކައިގެން ޓްވިޓާއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

އީލޮން މަސްކްގެ ޓްވިޓާގެ ސެން ފްރެންސިސްކޯގެ އޮފީސް ސްޕޭސްގެ ބިމުގެ ވެރިފަރާތުން ޓްވިޓާއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެ ކުންފުނީގެ އޮފީސް އިމާރާތަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ޑިސެމްބަރު 16، 2022 ގައި ވެސް އެ އިމާރާތުގެ ވެރިފަރާތުން ޓްވިޓާއަށް ވަނީ އެކަމާ ގުޅޭގޮތުން އިންޒާރު ދީފައެވެ.

ޓްވިޓާގެ މައްސަލަ ސެން ފްރެންސިސްކޯގެ ސްޓޭޓް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްވިޓާގެ މައި އޮފީހުގެ ކުލިވެސް ނުދައްކާތާ ދުވަސްތަކެއް ވެފައިވާއިރު، ދުނިޔޭގެ އެހެން ޤައުމުތަކުގައި ހުރި ޓްވިޓާގެ އެއްވެސް އޮފީހެއްގެ ކުލިވެސް ނުދައްކާތާ ހަފުތާތަކެއް ވެއްޖެއެވެ.

ކުލީގެ މައްސަލައިގައި މިއީ ޓްވިޓާއާއި ދެކޮޅަށް ދައުވާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެ ކުންފުނި ކޯޓަށް ގެންގޮސްފައި ވަނީ ދެ ޗާޓަރު ފްލައިޓަކަށް ފައިސާ ދެއްކުމަށް ދެކޮޅު ހެދުމުންނެވެ.

ނިއުޔޯކް ޓައިމްސްއިން ޢާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޓްވިޓާގެ އާ ވެރިޔާ އެލޮން މާސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތް ފަހުން އެކުންފުނީގެ އޮފީސް އިމާރާތްތައް ހިންގާ ބިލްޑިން ތަކަށް ކުލި ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ.

comment ކޮމެންޓް