އެމްޕީއެލް ސަރަޙައްދު މޫދަށް އެޅިފައިވާ ތެޔޮ ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮ--- ފޮޓޯ/ އެމްއެންޑީއެފް

އެމްޕީއެލް ސަރަހައްދަށް މޫދަށް ފެތުރިފައިވާ ތެޔޮ ނެގި، މިހާރު އެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 09:10 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު، މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އެމްޕީއެލް ސަރަހައްދު މޫދަށް ފެތުރިފައިވާ ތެޔޮ ނެގި، އެ ތެޔޮގަނޑު ފެތުރުން ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިންގް ބޭނުންކޮށްގެން، ކޮންޓެއިންކޮށް އަދިވެސް ތެޔޮތައް ނަގަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މީގެއިތުރުން ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، "ސީޖީ ހަލަވެލި" ބޭނުންކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަޙައްދު ބޭރުން، ބޫމް އެޅެމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެ ސަރަޙައްދަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާތީ، ތެޔޮ ނެގި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރެޔާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސްއާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަން އެމްއެންޑިއެފްއިން ފާހަގަކުރެއެވެ.

comment ކޮމެންޓް