ސީއެޓްލް އޮފީސް ބަންދުކުރުމުން، ޓްވިޓާ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި

ޓްވިޓާގެ ވެރިޔާ އީލޯން މަސްކް -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ސީއެޓްލްގައި ހުންނަ ޓްވިޓާގެ އޮފީސްތައް ބަންދުކޮށް، އެތަންތާންގައި މަސައްކަތްކުރި ޓްވިޓާގެ މުވައްޒަފުން ގޭގައި އޮންލައިންކޮށް މަސައްކަތް ކުރުމަށް ޓްވިޓާގެ ވެރިޔާ އީލޯން މަސްކް އަންގައިފިއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މަސްކް މުވައްޒަފުންނަށް އަންގާފައިވާއިރު، މި ފިޔަވަޅަކީ ޓްވިޓާ ބަނގުރޫޓް ވުމުގެ ނުރައްކަލުން ސަލާމަތް ކުރުމުގެ ގޮތުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށްގެންދާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޓްވިޓަރ އިން ކުލި ދެއްކުން ހުއްޓާލުމުން ސީއެޓްލްގެ ސެންޗަރީ ސްކުއަ ޓަވަރުން ނެރުމުގެ މައްސަލަ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވެއެވެ.

ޓެކް ނިއުސް ޕަބްލިކޭޝަން ޕްލެޓްފޯމަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީއެޓްލް އޮފީހުގައި މަސައްކަތް ކުރި މީހުންނަށް ރިމޯޓްކޮށް މަސައްކަތް ކުރުމަށް ވަނީ އަންގައިފައެވެ.

ސީއެޓްލްގެ ޓްވިޓާ އޮފީސްތައް ބަންދުކުރުމުން މިހާރު އެކުންފުނީގެ އޮފީސްތައް ހުންނާނީ ހަމައެކަނި ނިއުޔޯކް ސިޓީ އާއި ސެން ފްރެންސިސްކޯގައެވެ. އަދި، އެކުންފުނީގެ ބެއި އޭރިއާގެ މައި އޮފީހުގެ ކުލި ވެސް ނުދައްކާ ގިނަދުވަސް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޮވެމްބަރު މަހު ސީއެޓްލްގެ އޮފީސްތަކުގެ ޓްވިޓާ މުވައްޒަފުންގެ 208 މަސައްކަތްތެރިންގެ ވަޒީފާ ގެއްލުނީ މާސްކް ޓްވިޓާގެ 7،500 މުވައްޒަފުން ވަކިކޮށް އޭރުތިބި މުވައްޒަފުންގެ ދެބައިކުޅަ އެއްބައި ކުޑަކުރުމުން ކަމަށް ދަ ސީއެޓްލް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށްފަހު އެ ކުންފުނީގެ ދެބައިކުޅައެއްބައި މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް މީގެކުރިންވެސް މަސްކު އިއުލާން ކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ކުންފުންޏަށް ދުވާލަކު ހަތަރު މިލިއަން ޑޮލަރުގެ ގެއްލުމެއްވަމުންދާތީ މީހުން ވަޒީފާއިން ވަކިކުރުން ނޫން ގޮތެއް ނެތް ކަމުގައެވެ.

comment ކޮމެންޓް