ވޯލްޑްކަޕްގައި ވިދާލި އެންޒޯއަށް ޗެލްސީން ބޮޑު އަގެއް

އެންޒޯ ފަނާންޑޭޒް ވޯލްޑްކަޕް ތަށްޓާއެކު---

މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ނިންމާލި ވޯލްޑްކަޕްގައި ވިދާލި އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒްއަށް ޗެލްސީއަށް ބޮޑު އަގެއް ހުށަހަޅާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުންނަން ފަށައިފިއެވެ.

މަޝްހޫރު ކުޅިވަރު ނޫސް ގޯލް.ކޮމް އިން ރިޕޯޓުކޮށްފައިވާގޮތުގައި ޗެލްސީން އެންޒޯގެ ސޮއި ހޯދުމަށް 106 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވާކަމަށެވެ.

ޕޯޗުގަލްގެ ބެންފިކާއަށް ކުޅޭ ޒުވާން މިޑްފީލްޑަރު ހޯދަމަށް ޗެލްސީގެ އޮފިޝަލުން މިހާރު ބެންފިކާގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އެ ގައުމަށް ގޮސްފައިވާކަމަށް ވެސް އެ ނޫހުން ރިޕޯޓުކުރެއެވެ.

އެންޒޯއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޑިމާންޑު ބޮޑު ކުޅުންތެރިޔާއެވެ. ދުނިޔޭގެ ބޮޑެތި ކުލަބުތަކުން ދަނީ އެންޒޯއަށް ފާރަލަމުންނެވެ.

ޚާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ފަދަ ކުލަބުތަކުން އެންޒޯގެ ސޮއި ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެންޒޯ ބޮޑަށް ވިދާލައިފައިވަނީ ގަތަރު ވޯލްޑްކަޕްއިންނެވެ. ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުގައި އުމުރުން 21 އަހަރުގެ އެންޒޯ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

އާޖެންޓީނާއާއެކު ވޯލްޑްކަޕްގެ ތަށި އުފުލާލީ އެންޒޯއަކީ ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އާޖެންޓީނާގެ ރިވަޕްލޭޓުން ސީނިއާ ކެރިއަރު ފެށި އެންޒޯ ވަނީ 40 މެޗު ކުޅެ 10 މެޗު ކުޅެފައެވެ. އޭގެ ފަހުން މިއަހަރު އެންޒޯ ބަދަލުވީ ބެންފިކާއަށެވެ. އޭނާ ވަނީ ބެންފިކާއަށް 13 މެޗު ކުޅެ ގޯލެއް ޖަހައިފައެވެ.

comment ކޮމެންޓް