މިއަހަރުގެ ނިޔަލަށް ގިނަ ސްމާޓް ފޯނުތަކަކުން ވަޓްސްއެޕް ބޭނުން ނުކުރެވޭނެ

މި ހިނގާ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގިނަޢަދަދެއްގެ ސްމާޓް ފޯނުން ވަޓްސްއެޕް ބޭނުން ނުކުރެވޭނެ ކަމާށާއި، އެފޯނުތަކަށް ވަޓްސްއެޕުން ދެމުން އައި ސަޕޯޓް ހުއްޓާލާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ ވަޓްސްއެޕުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ކުރީގެ އެންޑްރޮއިޑް ސްމާޓްފޯނުތަކާއި އައިފޯނުތަކަށް ދޭ ސަޕޯޓް އެކި ދުވަސް މަތިން އެ ޕްލްޓްފޯމުން ދަނީ ހުއްޓާލަމުންނެވެ.

ކުރީގެ މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ސަޕޯޓް ދިނުން ހުއްޓާލަނީ މިފަދަ ޑިވައިސްތަކަކީ އާންމުގޮތެއްގައި ޒަމާންވީ ޑިވައިސްތަކަކަށް ވާއިރު، އެ ޑިވައިސްތަކަކީ ރެގިއުލާ ސޮފްޓްވެއާތަކާއި ސެކިއުރިޓީ އަޕްޑޭޓްތައް ލިބުން ހުއްޓިފައިވާ ޑިވައިސްތަކަކަށް ވާތީއެވެ.

ގިޒްޗައިނާގެ ރިޕޯޓެއްގައި ވާގޮތުން މިއަހަރުގެ ލިސްޓުގައި ސެމްސަންގް، އެޕަލް، ސޮނީ އަދި ވާވޭ ފަދަ ކުންފުނިތަކުގެ ފޯނުތައް ހިމެނޭގޮތަށް ގާތްގަނޑަކަށް 50 ވަރަކަށް ސްމާޓްފޯނު ހިމެނެއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ 31 ޑިސެމްބަރު 2022 އިން ފެށިގެން ޖުމްލަ 49 ޑިވައިސްގެ މަސައްކަތް ވަޓްސްއެޕުން ހުއްޓާލާނެ ކަމަށެވެ.

ޑިސެމްބަރު 31 އިން ފެށިގެން ވަޓްސްއެޕް އިން ސަޕޯޓް ދިނުން ހުއްޓާލާނެ ސްމާޓްފޯނުތައް:

އެޕަލް:

— އެޕަލް އައިފޯން 5

— އެޕަލް އައިފޯން 5ސީ

ސެމްސަންގް :

— ސެމްސަންގް ގެލެކްސީ އޭސް 2

— ސެމްސަންގް ގެލެކްސީ ކޯރ

— ސެމްސަންގް ގެލެކްސީ އެސް2

— ސެމްސަންގް ގެލެކްސީ އެސް3 މިނީ

— ސެމްސަންގް ގެލެކްސީ ޓްރެންޑް އައި

— ސެމްސަންގް ގެލެކްސީ ޓްރެންޑް ލައިޓް

— ސެމްސަންގް ގެލެކްސީ އެކްސްކަވަރ 2

ސޮނީ :

— ސޮނީ އެކްސްޕީރިއާ އާކް އެސް

— ސޮނީ އެކްސްޕީރިއާ މިރޯ

— ސޮނީ އެކްސްޕީރިއާ ނިއޯ އެލް

އެލްޖީ:

— އެލްޖީ އެކްޓް

— އެލްޖީ ލޫސިޑް 2

— އެލްޖީ އޮޕްޓިމަސް 4އެކްސް އެޗްޑީ

— އެލްޖީ އޮޕްޓިމަސް އެފް3

— އެލްޖީ އޮޕްޓިމަސް އެފް3ކިއު

— އެލްޖީ އޮޕްޓިމަސް އެފް5

— އެލްޖީ އޮޕްޓިމަސް އެފް6

— އެލްޖީ އޮޕްޓިމަސް އެފް7

— އެލްޖީ އޮޕްޓިމަސް އެލް2 އައި

— އެލްޖީ އޮޕްޓިމަސް އެލް3 އައި

— އެލްޖީ އޮޕްޓިމަސް އެލް3 އައި ޑައުއަލް

— އެލްޖީ އޮޕްޓިމަސް އެލް4 އައި

— އެލްޖީ އޮޕްޓިމަސް އެލް4 އައި ޑައުއަލް

— އެލްޖީ އޮޕްޓިމަސް އެލް5

— އެލްޖީ އޮޕްޓިމަސް އެލް5 ޑައުއަލް

— އެލްޖީ އޮޕްޓިމަސް އެލް5 އައި

— އެލްޖީ އޮޕްޓިމަސް އެލް7

— އެލްޖީ އޮޕްޓިމަސް އެލް7 އައި

— އެލްޖީ އޮޕްޓިމަސް އެލް7 އައި ޑައުއަލް

— އެލްޖީ އޮޕްޓިމަސް ނައިޓްރޯ އެޗްޑީ

ވާވޭ :

— ވާވޭ އެސެންޑް ޑީ

— ވާވޭ އެސެންޑް ޑީ1

— ވާވޭ އެސެންޑް ޑީ2

— ވާވޭ އެސެންޑް ޖީ740

— ވާވޭ އެސެންޑް މެޓް

— ވާވޭ އެސެންޑް ޕީ1

އެހެނިހެން:

— މެމޯ ޒެޑްޓީއީ ވީ956

— އެޗްޓީސީ ޑިޒައިރ 500

— ކުއަޑް އެކްސްއެލް

— ލެނޯވޯ އޭ820

— އާކޯސް 53 ޕްލެޓިނަމް

— ގްރޭންޑް އެސް ފްލެކްސް ޒެޑްޓީއީ

— ގްރޭންޑް އެކްސް ކުއަޑް ވީ987 ޒެޑްޓީއީ

— ވިކޯ ސިންކް ފަހެއް

— ވިކޯ ޑާކްނައިޓް ޒެޑްޓީ

މިފަދަ ފޯނުތަކަށް ވަޓްސް އެޕްގެ ސަޕޯޓް ދިނުން ހުއްޓާލުމުގެ ގޮތުން ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާއިން އަޅާނެ ފުރަތަމަ ފިޔަވަޅަކީ ވަޓްސްއެޕުން އަލަށް ތަޢާރަފްކުރާ އާ ފީޗާތަކާއި ފީޗާސް އަޕްޑޭޓްތަކާއި ބަގް ފިކްސްތައް މި ސްމާޓްފޯންތަކަށް ނެރުން ހުއްޓާލުމެވެ. ދެން ދުވަސްކޮޅަކަށް ފަހު އެ ކުންފުނިން މި ސްމާޓްފޯންތަކަށް ދޭ ސަޕޯޓް މުޅިން ހުއްޓާލާނެއެވެ. އެހެން ވެއްޖެނަމަ މި ސްމާޓްފޯންތައް ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއެޕްގެ ޕްލެޓްފޯމް ބޭނުންކޮށްގެން މެސެޖް ފޮނުވުމާއި އޯޑިއޯ ނުވަތަ ވީޑިއޯ ކޯލް ނުކުރެވޭނެއެވެ.

comment ކޮމެންޓް