އިންސްޓަގްރާމުން 'އެންޑް-ޓު-އެންޑް އެންކްރިޕްޝަން' މެސެޖް ކުރެވޭ ގޮތް ހަދައިފި

އިންސްޓަގްރާމް --

އިންސްޓަގްރާމުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން' މެސެޖް ކުރެވޭ ގޮތް ހަދައިފިއެވެ.

މި އަހަރުގެ ކުރީކޮޅު އިންސްޓަގްރާމް ހިންގާ މެޓާ އިން ވަނީ އިންސްޓަގްރާމްގައި ޗެޓްތަކަށް އެންޑް ޓު އެންޑް އެންކްރިޕްޝަން (ތިންވަނަ ފަރާތަކަށް ހިއްސާ ނުކުރާ) ފީޗާއެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ބުނެފައެވެ. އެފީޗާ މިހާރު މިވަނީ ތަޢާރަފްކޮށްފައެވެ. މިއީ ވަޓްސްއެޕާއި މެސެންޖާގައި ދެކެވޭ ވާހަކަތައް ރައްކާތެރިކުރުމަށް މެޓާ އިން ބޭނުންކުރާ ހިމާޔަތާއި، މެސެޖެއްގެ ކޮންޓެންޓް އެއްވެސް މީހަކަށް، ޚުދު މެޓާއަށް ވެސް ނުބެލޭނެ ކަން ކަށަވަރުކޮށްދޭ ކަމެކެވެ.

އެހެނިހެން ބައެއް ޕްލެޓްފޯމްތަކާއި ޚިލާފަށް، އިންސްޓަގްރާމްގައި ކޯލްތަކަށް ވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން ލިބެން ހުންނާނެއެވެ. އޭގެ މާނައަކީ ޕްލެޓްފޯމްގައި ތިބާގެ ހުރިހާ ކޯލުތަކާއި މެސެޖްތައް ރައްކާތެރި ވާނެކަމެވެ.

އިންސްޓަގްރާމް ޗެޓްތަކުގައި "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" ކުރެވޭނެގޮތް

ސްޓެޕް 1: ސްމާޓްފޯނުގައި އިންސްޓަގްރާމް ހުޅުވުން.

ސްޓެޕް 2: ފީޑްގެ އެންމެ މަތީ ކަނާތް ފަރާތުގައިވާ ސެންޑް ނުވަތަ މެސެންޖާ ބަޓަން ފިތާލާށެވެ.

ސްޓެޕް 3: މިހާރު މަތީ ކަނާތް ފަރާތުގައި ވާ ކޮމްޕޯޒް ބަޓަން އޮބާ ލާށެވެ.

ސްޓެޕް 4: ދެން ސްޓާޓް އެންޑް-ޓު-އެންޑް-އެންކްރިޕްޓެޑް ޗެޓް އޮޕްޝަން ކައިރީގައިވާ ލޮކް އައިކަން އޮބާލާށެވެ.

ސްޓެޕް 5: އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ޗެޓެއް ފަށަން ބޭނުންވާ އެކައުންޓް އިޚްތިޔާރުކުރާށެވެ.

ސްޓެޕް 6: މަތީ ކަނާތް ފަރާތުގައި ޗެޓް ބަޓަން ޓެޕްކޮށް މެސެޖް ކުރަން ފަށާށެވެ.

ހަމައެކަނި އިންސްޓޭންޓް ފޮޓޯ ހިއްސާކުރާ އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގައި 2010 ވަނައަހަރު، އެމެރިކާގެ ކޮމްޕިއުޓާ ޕްރޮގްރާމަރެއް ކަމުގައިވާ ކެވިން ސިސްޓްރޮމް، އިންސްޓަގްރާމް ތައާރަފްކުރިއިރު، އޭގެ ފަހުން މެޓާ އިން 2012 ވަނައަހަރުގެ އެޕްރީލް މަހުގެ 9 ވަނަދުވަހު 1 ބިލިއަން ޑޮލަރަށް އިންސްޓާގްރާމް ގަތުމަށްފަހު އެކިއެކި ދުވަސްމަތިން މިއަދާހަމައަށް އައިއިރު، ވަނީ އެޕްގެ ފޮޓޯ ހިއްސާ ކުރުމުގެ ގާބިލްކަން ރަނގަޅުކޮށް އިތުރު ކުރުމަށް އެތައްބައިވަރު އާ ފީޗާސް އިތުރުކޮށްފައެވެ. އެގޮތުން އެޕްގެ ވީޑިއޯ، ރީލް، އައިޖީޓީވީ، އަދި ސްޓޯރީސް ފަދަ ފަންކްޝަނަލިޓީތައް ފާހަގަކޮށްލެވެއެވެ.

މިދެންނެވި އަޕްގްރޭޑްތަކާއެކު ގިނަބައެއްގެ މެދުގައި މަޤްބޫލު އަދި ވަކިން ޚާއްޞަ ޒުވާނުންގެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ އިންސްޓާގްރާމް ޕްލެޓްފޯމަކީ މިއަދު ހަމައެކަނި ފޮޓޯ ހިއްސާކުރާ އެޕެއް ނޫނެވެ. އޭގެއިތުރުން މި އެޕްގައި ހިމެނޭ ޑައިރެކްޓް މެސެޖް ފީޗާގެ ސަބަބުން މެސެޖްކޮށް ޗެޓްކުރުމަށްވެސް މިއީ ވަރަށް ޚާއްޞަ އެޕެކެވެ.

އިންސްޓަގްރާމްގައި ޑައިރެކްޓް މެސެޖްސް ފީޗާއެއް ހުންނައިރު، އެ ފީޗާ މެދުވެރިކޮށް ފޮލޯކުރާ މީހުންނާއި މުއާމަލާތް ކުރުމުގެ އިތުރުން މި ފީޗާގެ ސަބަބުން ޕްލެޓްފޯމްގައި އެކަކު އަނެކަކު ފޮލޯކުރާ މީހުންނަށް ޕްރައިވެޓްކޮށް ޗެޓް ކުރެވޭނެއެވެ.

އަދި، އެކަކު އަނެކަކު ފޮލޯ ނުކުރާ މީހުންނަށް ވެސް އެކަކު އަނެކަކަށް މެސެޖު ކުރެވޭނެއެވެ. ނަމަވެސް އެ މީހުން ހިއްސާކުރާ މެސެޖަކީ ފޮނުވާ ފަރާތުގެ މެސެޖްތައް ބަލައިގަންނާންދެން ނުނިމި ހުރި މެސެޖެއް ކަމަށް ދައްކާނެއެވެ.

މިދެންނެވި ގޮތަށް އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖްސް ފީޗާ ބޭނުން ކުރެވުނަސް މިއީ މިއެޕްގެ އެންމެ ޝައުގުވެރި ފީޗާއަށް ނުވެދާނެއެވެ.

comment ކޮމެންޓް