''ޖޭލޯ ކަމަށް ހީކޮށް ވަރަށް ގިނައިން ހުއްޓުވާ''

މަޝްހޫރު ހޮލީވުޑް އައިކަން, ޖެނިފާ ލޮޕޭޒް (ޖޭލޯ) އާ ވައްތަރުވެގެން މަގުމަތިން އަބަދު ހުއްޓާ ކަމަށް ބުނާ މޭކަޕް އާޓިސްޓެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއް ކަމަށްވާ އެވެލިން ރޮޑްރީގޭޒް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މަގުމަތީގައި ހިނގާފައި އުޅޭއިރު ޖޭލޯ އާ ވައްތަރުވެގެން އޭނާ ހުއްޓުވުމަކީ އާންމު ކަމެކެވެ. ނަމަވެސް ދުވަހަކު ވެސް އޭނާ އަމިއްލައަށް މީހުން އެ ކިޔާ ވައްތަރު ކަމެއް ފެނިފައި ނުވާ ކަމަށް އެވެލިން ބުންޏެވެ.

އެވެލިން ބުނިގޮތުގައި އޭނާއަށް 16 އަހަރުވި ހިސާބުން ފެށިގެން ޖޭލޯ އާ ވައްތަރު ކަމަށް ގިނަ ބަޔަކު ކިޔަމުން އައެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ އާ ޖޭލޯ އާ ވައްތަރު ކަމަށް ބުނެ ވާހަކަ ދެއްކީ 16 އަހަރުގައި އޭނާ މެކްޑޯނަލްޑްސްގައި ޕާޓްޓައިމް ކޮށް މަސައްކަތް ކުރަން އުޅުނު އިރު ކަމަށް އެވެލިން ބުންޏެވެ.

ޖޭލޯއާ ވައްތަރު ކަމަށް އޭނާއަށް ނުފެނުނު ނަމަވެސް އެގޮތަށް ޖޭލޯއާ އަޅައި ކިޔުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އެކަމާ ވަރަށް ޝުކުރު ކުރާ ކަމެއް ކަމަށް އޭނާ ބުނެއެވެ.

މި ފަހަކަށް އައިސް އެވެލިން އަންނަނީ ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓިކްޓޮކްގައި ވަރަށް ބޮޑަށް ވައިރަލް ވަމުންނެވެ. އެ މަގުބޫލު ކަމާއެކު އެވެލިންގެ މޭކަޕް ހުނަރުތައް ބޭނުންކޮށްގެން ޖޭލޯގެ ލުކްތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައްކާލަމުންނެވެ. މި މޭކަޕް ލުކްތަކާ ގުޅިގެން އޭނާ އިތުރަށް ޖޭލޯ އާ ވައްތަރު ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެއެވެ.

comment ކޮމެންޓް