އޭސް ހާޑްވެއާގެ އެނިވާސަރީ ސޭލް: 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

އޭސް ހާޑްވެއާ އިން ވަނީ އަހަރު ނިންމުމުގެ ގޮތުން ބޮޑު ސޭލެއް ފަށާފައި --- ފޮޓޯ/ އޭސް ހާޑް ވެއާ

އޭސް ހާޑްވެއާ އިން މި މަހުން ފެށިގެން "އެނިވާސަރީ ސޭލް" ގެ ނަމުގައި ބޮޑު ސޭލްއެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އޭސް ހާޑްވެއާގެ ތިން އައުޓްލެޓުގައި ކުރިއަށްގެންދާ މި ސޭލްގައި ބައިވެރިވެގެން ނަސީބުވެރިއަކަށް 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

މި ސޭލްގައި ބައިވެރިވެވޭނީ އޭސް ހާޑްވެއާގެ އައުޓްލެޓަކަށް ގޮސް 300 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށްލުމުންނެވެ. އެގޮތުން ކުރާ ކޮންމެ 300 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންނެއް ލިބޭނެއެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގެ ދަށުން އޭސް ހާޑްވެއާގެ ހުރިހާ އައުޓްލެޓަކުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއަކު 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ނަސީބުވެރި ފަރާތަކަށް ލިބޭނެއެވެ.

އޭސް ހާޑްވެއާއިން ބުނީ ޕްރޮމޯޝަނުގެ ބޭނުމަކީ އެ ހާޑްވެއާގެ ހުރިހާ ޕްރޮޑަކްޓްތައް މުޅި އަހަރު ތެރޭގައި ވެސް ނުލިބޭ ވަރަށް އަގު ހެޔޮ ކޮށް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލުން ކަމަށެވެ.

އޭސްގެ ތިން އައުޓްލެޓްގެ ތެރެއިން ފުރަތަމަ އައުޓްލެޓް ހުންނާނީ މާފަންނު ފިނި ޕާކްގެ ފަހަތުން އަޅިވިލާ މަގުގައެވެ. ދެވަނަ އައުޓްލެޓް ހުންނާނީ މަޖީދީ މަގާއި އަލިކިލޭގެފާނު މަގާ ގުޅޭ ކަންމަތީގައެވެ. އަދި ތިންވަނަ އައުޓްލެޓް ހުންނާނީ ހެންވޭރު ދަނޑުގެ ފަހަތުން ފިލިގަސް މަގުގައެވެ.

comment ކޮމެންޓް